މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440ވަނަ އަހަރު ރަމަޟާންމަހު މިރަށު މަސްޖިދުލް ރަޖާއުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ފަރާތެއް ހޯދުމާއި ބެހޭ

             1440ވަނަ އަހަރު ރަމަޟާންމަހު މިރަށު މަސްޖިދު ރަޖާއުގައި އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ޝަރުތު:

1. ދިވެހިރައްޔިތެއްކަމުގައި ވުން.

2. އެންމެ ދައްވެގެން ޤުރްޢާން މުދަރިސްކަމުގެ ޑިޕްލޮމާ ފެންވަރުގެ ސަނަދެއް އޮތުން (ލިބިފައިވާ ސަނަދަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއައްވުރެ މަތީ ސަނަދެއް ކަމުގައި ވާންވާނެއެވެ.)

              ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަސައްކަތް ކޮއްދެވޭނެ އެންމެކުޑަ އުޖޫރައެއް ބަޔާންކޮށް ކޯޓޭޝަނެއް ނުވަތަ ސިޓީއަކާއިއެކު، ތިރީގައި މިދަންނަވާ ތަކެތި 24 އޭޕްރީލް 2019 ވާ ބުދަދުވަހުގެ 13:00 ގައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  • ލިބިފައިވާ ތަޢުލީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ހުށަހަޅާ ފަރާތުގެ އައިޑީކާޑްގެ ކޮޕީ
  • މީގެކުރިން ރާއްޖޭގެ ރަށެއްގައި ތަރާވީޙް ނަމާދުކޮށްފައިވާނަމަ، އެކަން އެގޭނޭ ލިޔުމެއް.

 

              ހުށަހަޅާ ހުރިހާތަކެތި އޮންނަންވާނީ ބަންދުވުރެވިފައިވާ ސީޓިއުރައެއްގައި މިކައުންސިލަށް އެޑްރެސްކުރެވި އިޢުލާން ނަންބަރުވެސް ޖެހިފައެވެ. ގަޑި ޖެހިގެން އަންނަ ފަރާތްތަކުގެ ތަކެތި ބަލައި ނުގަނެވޭވެ ވާހަކަ ދަންނަވަމެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6540051 އަށް ގުޅުއްވުން އެދެމެވެ. މިމަސައްކަތަށް ހޮވޭ ފަރާތެއް މިރަށަށް ގެނެސް ގެންދިއުމުގެ ޚަރަދާއި، ހުރުމާއި ކެއުން މިކައުންސިލުން ހަމަޖައްސައި ދެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

14 އޭޕްރިލް 2019
ހޯދާ