ދިވެހިރާއްޖެ
އިޢުލާން
ނަންބަރ: SAM/IUL/2019/02
މަޤާމް: އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް
ބޭނުންވާ އަދަދު: 01
މަޤާމުގެ ގިންތި: ވަގުތީ
ވަޒީފާ އަދާކުރަންޖެހޭ ތަން: ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހެޑްކުއާޓަރސް / ކ.މާލެ
ވަޒީފާ އަދާކުރަންޖެހޭ ވަގުތު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު، ހެނދުނު 8:30 ން 15:00 ށް
މުސާރަ: -/5000ރ (ޕްރޮބޭޝަން، ފުރަތަމަ 3 މަހުގައި -/4000)
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ސްކައުޓް އެސޯސިއޭޝަންގެ އިދާރީ މަސައްކަތް ކުރުން.
- ސްކައުޓް އެސޯސިއޭޝަންގެ ލިޔެކިޔުންތައް ބެލެހެއްޓުން.
- ސްކައުޓް އެސޯސިއޭޝަނުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައްކުރުން.
މަޤާމުގެ ޝަރުޠުތައް:
- ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- ޖީސީއީ އޯލެވަލް އިމްތިޙާނުގައި 'އިނގިރޭސި' އަދި 'ހިސާބު' މި ދެ މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން ރަނގަޅަށް އެނގުން.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- 1 މަސް ހަމަނުވާ ޕޮލިސް ރިޕޯރޓް.
މަޤާމަށް އެދެންވީގޮތާއި ސުންގަޑީ
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޭޕްރިލް 2019 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއެސޯސިއޭޝަންގެ ހެޑްކުއާޓަރސްއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
15 އޭޕްރިލް 2019