ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް
އިހަވަންދޫ،
ދިވެހިރާއްޖެ
ނަންބަރު:02/2019/A7C-C
އިޢުލާން
ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން
މިކޯޓުގެ ސީލިންގ އާއި ކަރަންޓް ވައިރިން ބަދަލުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން، 2019އޭޕްރީލް18ވަނަ ދުވަހުގެ 14:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25އޭޕްރީލް2019 ވަނަދުވަހުގެ 14:00 އަށް މިކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ކަމަށާއި، ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާގަޑީގައި، އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައި ކޯޓްގައެވެ.
14 އޭޕްރީލް2019