ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ސާކް ކަލްޗަރަލް ފެސްޓިވަލް އޮން މިއުޒިކް އެންޑް ޑާންސް 2019" ގައި ބައިވެރިވުމުގެ ފުރުޞަތު

ސާކް ކަލްޗަރަލް ސެންޓަރުން އިންތިޒާމް ކުރައްވައިގެން މިއަހަރު ޖޫންމަހުގެ ފަހުކޮޅު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާކް ކަލްޗަރަލް ފެސްޓިވަލް އޮން މިއުޒިކް އެންޑް ޑާންސް 2019" ގައި ރާއްޖެއިން 06 މެމްބަރުންގެ ސަގާފީ މިއުޒިކާއި ނެށުން ހުށަހަޅައިދެވޭނެ ގްރޫޕެއް ބައިވެރިކުރުމުގެ ފުރުޞަތުވަނީ ލިބިފައެވެ.

އެގޮތުން ރާއްޖޭގެ ސަގާފީ މިއުޒިކާއި ލަވަކިއުން އަދި ނެށުން ހުށަހަޅާދެވެންވާނެއެވެ. މިފެސްޓިވަލްގައި ބައިވެރިވާ ބޭފުޅުންނަކީ ލަވަކިޔުމާއި ނެށުމުގެ ދާއިރާ އިން ފުންނާބު އުސް ބޭފުޅުންކަމުގައި ވާންޖެހޭނެކަމަށް ސާކް ސެކްރެޓޭރިއަޓް އިން ވަނީ އަންގަވާފައެވެ. އަދި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ކެއުން، އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް ވެސް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 02 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިސެންޓަރަށް އެބޭފުޅެއްގެ މަޢުލޫމާތު (ނަން، މަޤާމް، ގުޅޭނެ ފޯނު ނަންބަރު، އީމެއިލް، ފޮޓޯ އަދި ބައޮގްރަފީ) ފޮނުއްވުން އެދެމެވެ. މިފެސްޓިވަލްގެ ކޮންސެޕްޓް ނޯޓް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3344667   ނަންބަރު ފޯނަށެވެ. އަދި ފެސްޓިވަލްގައި ބައިވެރިވުމަށް 6 ފަރާތަށް ވުރެ ގިނަ ފަރާތުން ހުށަހަޅުއްވާފައިވާނަމަ، ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތައް ހޮވޭނީ އޮޑިޝަނަކަށް ފަހުގައެވެ.

16 އޭޕްރިލް 2019
ހޯދާ