ދިވެހިރާއްޖެ
c
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ގދ. ތިނަދޫ، ދިވެހިރާއްޖެ
ނަންބަރ: 03/ASMH/MSS/IUL/2019
އިޢުލާން
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އޮފީސް އިމާރާތުގެ ފާރުގައި ރެދުއަޅާފައިވާ ތަންތަން ބެއްދުމާއި މުޅި އިމާރާތުގެ ބޭރުގައި ކުލަލާން ބޭނުންވެއްޖެ:
ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އޮފީސް އިމާރާތުގެ ފާރުގައި ރެދުއަޅާފައިވާ ތަންތަން ބެއްދުމާއި މުޅި އިމާރާތުގެ ބޭރުގައި ކުލަލާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ ASMH/MSS/IUL/2017/11 (24 އޮކްޓޯބަރ 2017) އިޢުލާން، 2018 ވަނަ އަހަރުގެ ބަޖެޓުން އެމަސައްކަތް ކުރެވެން ނެތުމާއި ގުޅިގެން ބާޠިލުކުރުމަށްފަހު އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
11 ޝައުބާން 1440ހ
16 އޭޕްރީލް 2019މ