މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މިރަށު ޤަބުރުސްތާނު ނޮޅާ ސާފުކުރުމަށްވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް 1 އަހަރުދުވަހަށް އަހަރަކު 3 ފަހަރު ނޮޅާ ސާފުކުރާގޮތަށް އަހަރަކަށް -/12000 (ބާރަހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން އަގަކަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަގުހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓް www.mci.gov.mv އިން ލިބެން ހުންނާނެއެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18 )ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށްބަދަލުގައި މީހަކު ފޮނުވާ ނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

  • ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް
  1. ޤަބުރުސްތާނުތެރެ  ތަނބުރުވެލާއެކު ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން.
  2. ޤަބުރުސްތާނު ގޯތިތެރޭގައި ހުރި ހިޔާ ލިބޭ ގަސްތަކުގެ ތިރިވެފައިވާ އަފިތައް ކޮށާ ސާފުކޮށް ބެލެހެއްޓުން.
  3. ޤަބުރުސްތާނު ތެރޭގައި ހެދެމުންދާ މައިވިނަ ބުޑާއެކު ނަގާ ސާފުކޮށް ބެލެހެއްޓުން.
  4. ޤަބުރުސްތާނަށް އެޅޭ ފަތާއި ކުނިބުނި ނަގާ ސާފުކުރުން.
  5. އަބަދުވެސް ޤަބުރުސްތާނު ނޮޅާ ސާފުކުރެވިފައި އޮތުން.
  6. ޤަބުރުސްތާނު ނޮޅާ ކޮންމެ ފަހަރަކު ޤަބުރުސްތާނު އެއްކޮށް ނޮޅާ ސާފުކުރުން.
  7. ސާފުކޮށް ބެލެހެއްޓުމުގައި ނެގޭ ހުރިހާ ކުންޏެއް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް އުފުލުމުގައި އެހީތެރިވެ ކުނިގޮޑަށް ކުނި ގެންދިއުން.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

އަގު

%90

  • ޚިދުމަތުގެ އަގަށްދޭ މާރކްސް.
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark price / Submitted price) x Allocated percentage

ތަޖުރިބާ

  • މަސައްކަތުގެ ދާއިރާގައި ޚިދުމަތް ދިން މުއްދަތު (އަހަރު).
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރު ވެފައިވާ ފަރާތް، ބެންޗްމާކް އެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted experience / Benchmark years) x Allocated percentage

              އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި، 6580015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  10 ޝައުބާން 1440

15 އޭޕްރިލް 2019
ހޯދާ