ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

·            މި އިންސްޓިއުޓަށް  7 ކޮމްޕިއުޓަރ ސިސްޓަމް ވިއްކުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެއެވެ.  

·            މި ޕްރޮޖެކްޓްގައި ބައިވެރިވަން އެދޭ ފަރާތްތަކުން 2019 އޭޕްރީލް 16 އިން ފެށިގެން 2019 އޭޕްރީލް22 އަށް ކޮންމެ ދުވަހަކު 90:00 އިން 14:00 އަށް މި އިންސްޓިޓިއުޓްގެ ރިސެޕްޝަނަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

·            މި ޕްރޮޖެކްޓު  އާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ 2019 އޭޕްރީލް 23 ވަނަ ދުވަހުގެ  14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވައި ދެއްވުން އެދެމެވެ.

·             ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 އޭޕްރީލް 29 ވަނަ ދުވަހު 11:00ގައި ޤާޒީބިލްޑިންގ  2ވަނަ ފަންގި ފިލާގައެވެ.

·            މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާންއާއެކު އެޓޭޗްކުރެވިފައިވާނެއެއެވެ.

·            ނަންނޯޓް ކުރުމާއި، އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޭޝަނަލް އިސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

އަމީރުއަޙުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3023511

އީ.މެއިލް:   [email protected]

 

     އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511ނަމްބަރ ފޯނާއެވެ.


 

 

           

 

 

15 އޭޕްރިލް 2019
ހޯދާ