ދިވެހިރާއްޖެ
ރަތަފަންދޫ ޞިއްޙީ މަރުކަޒު
ގދ. ރަތަފަންދޫ،
ދިވެހިރާއްޖެ. ނަންބަރު: Q5-HC/IUL/2019/02
އިޢުލާން
މިދާއިރާގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރްޙަބާ ދަންނަވަމެވެ.
މަޤާމް |
ޑްރައިވަރ |
މަޤާމުގެ ނަންބަރު: |
J-254949 |
ބޭނުންވާ ޢަދަދު: |
01 ( އެކެއް ) |
ގިންތި: |
ދާއިމީ |
ރޭންކް: |
އެސް. އެސް 2 |
ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގރ 2 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ގދ. ރަތަފަންދޫ ޞިއްޙީ މަރުކަޒު، ގދ. ރަތަފަންދޫ |
މުސާރަ: |
-/3470 ރުފިޔާ ( މަހަކު ) |
ސަރވިސް އެލަވަންސް: |
-/1000 ރުފިޔާ ( މަހަކު ) |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް: |
1- އެމްބިއުލާންސް އަބަދުވެސް ދަތުރުކުރެވޭނެ ޙާލަތެއްގައި ބޭއްވުން. އަދި ވެހިކަލަށް ލިބޭ ކޮންމެ ގެއްލުމެއް ކަމާބެހޭ އިސް މުވައްޒަފަށް ވަގުތުން އެންގުން. 2- ބަލިމީހުންގެ ބޭނުންތަކަށާއި އަދި މަރުކަޒުގެ ބޭނުމަށް ކޮންމެ ވަގުތެއްގައިވެސް އަންގާ ދަތުރުތައް ވަގުތުން ކުރުން. 3- ބަލިމީހުން އުފުލުމުގައި ވެހިކަލަށް ބޭނުންވާ ތަކެތި ހަމަޔަށް ހުރިތޯ އާއި ސާފުތާހިރުކޮށް ހުރިތޯ ބަލައި މަދުވާ ތަކެތި ހަމަކުރުން. 4- ދަތުރު ކުރުމަށްފަހު ދަތުރުގެ ތަފްޞީލް ރެކޯރޑްކުރުމާއި ބަލިމީހުން އުފުލުމަށް ކުރާ ދަތުރުތަކަށް ދަތުރުނޯޓް ލިޔެ ބެލެހެއްޓުން. 5- ވެހިކަލްގެ އިންޖީނަށް ގަޑިން ގަޑިއަށް ދޭންޖެހޭ ސާރވިސް ދިނުމާއި ކަނޑައެޅިފައިވާ ޝެޑިއުލް އާއި އެއްގޮތަށް ތެޔޮބަދަލުކުރުމާއި މިނޫނަސް ބަދަލު ކުރަންޖެހޭ އެހެނިހެންތަކެތި ހޯދާ ހަމަކޮށް، ވެހިކަލްގެ މެއިންޓަނެންސް ގަވާޢިދުން ބެލެހެއްޓުން. 6- އެމްބިއުލާންސްގައި އުފުލާ ބަލީމީހުންނަށާއި އެހީތެރިންނަށް އަޅާލުމާއި އޯގާތެރިކަމާއެކު ފުރިހަމައަށް އެހީތެރިކަން ދިނުން. 7- ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، ޢާއްމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދާއިރާފިޔަވައި، އެހެންދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެގެން ކުރާމަސައްކަތްތަކުގައި އިސްނެގުމާއެކު ޢަމަލީގޮތުން ބައިވެރިވުން. 8- މުވާޞަލާތުކުރުމަށް ބޭނުންކުރާ ވީ.އެޗް.އެފް ހޭންޑްސެޓް/ފޯން ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، އަބަދުވެސް ގުޅޭނެ ގޮތަކަށް ބޭއްވުން. 9- މަރުކަޒުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ތަކެތި ބޯޓުފަހަރަށް އެރުވުމާއި، ބޯޓްފަހަރުން ގެންނަ ތަކެތި މަރުކަޒަށް ގެނައުން. 10- ސަޕޯރޓް ސާރވިސަސް ސެކްޝަން ގައި ކުރެވޭ މަސައްކަތްތަކުގައު ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުމާއި އޮފީސް އަދި އެހެނިހެން ސެކްޝަންތަކުން ހަވާލުކުރެވޭ މަސައްކަތްކުރުން. |
ވަޒީފާގެ މަސައްކަތު ދާއިރާތައް |
ޓްރާންސްޕޯޓޭޝަން ސާވިސަސް |
މަޤާމުގެ ޝަރުޠު: |
މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
5. ލިބިފައިވާ ތަޢުލީމީ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ . (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވަ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސް ކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ގަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމްދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ . ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ. 8. މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ. (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް: |
1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިޔޫކޮށްގެން. |
މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯރމު ރަތަފަންދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅުއްވާ ތަކެތި ހުށަހަޅުއްވާނީ 23 އެޕްރީލް 2019 ވާ އަންގާރ ދުވަހުގެ 14:00 ގެ ކުރިން ރަތަފަންދޫ ޞިއްޙީ މަރުކަޒުގެ އޮފީހަށެވެ. ހުށަހަޅުއްވާ ތަކެތި އީ-މެއިލް [email protected] ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގަނެވޭނެއެވެ. |
އިންޓަރވިޔޫ އޮންނާނެ ތަނާއި، މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔޫ 2019 މޭ މަހުތެރޭގައި އޮންނާނެއެވެ. އިންޓަރވިޔޫ އޮންނާނީ މިމަރުކަޒުގައެވެ. |
ޝޯޓް ލިސްޓް ކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖްރިބާއަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިޔޫ ކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6840095 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. |
10 H 1440 15 އެޕްރީލް 2019
ފައިޞަލް ޝަރީފު
ސީނިއަރ އެޑްމިނިސްޓްރޭޓަރ