ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތްވާގޮތަށް، އެފްއެސްއެމް އައްޑޫ ސިޓީ ގަން ސައިޓުން، އައްޑޫ ސިޓީ ހުޅުމީދޫ ފެނަކަ ބްރާންޗަށް ޑީސަލް ސަޕްލައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތްވާގޮތަށް، އެފްއެސްއެމް އައްޑޫ ސިޓީ ގަން ސައިޓުން، އައްޑޫ ސިޓީ ހުޅުމީދޫ ފެނަކަ ބްރާންޗަށް ޑީސަލް ސަޕްލައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 18 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، ރަސްމީ ގަޑީގައި، އެސްޓީއޯ އައިފާނު ބިލްޑިންގްގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރުން: 21 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގްގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައި
- ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 28 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގްގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައި
މައުލޫމާތުގެ ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމުގައިވެސް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
15 އޭޕްރިލް 2019
ހޯދާ