ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2019 ވަނަ އަހަރުން 2020 ވަނަ އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރ ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މި މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައްކަމުގައި ޑިރެކްޓަރުންގެ ބޯޑުން ފާސްކުރެއްވި ފަރާތްތަކާބެހޭ މަޢުލޫމާތު

2019 ވަނަ އަހަރުން 2020 ވަނަ އަހަރަށް ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް 6 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. 04 މާރިޗް 2019 ގައި ކުރި އިޢުލާނަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހަމަވީ 27 މާރިޗް 2019 ގައެވެ. މި މަޤާމަށް ނަން ހުށަހަޅުއްވާފައިވާ ފަރާތްތަކުން ހުށަހެޅުއްވި ޑޮކިއުމަންޓްތަކާއި، ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ކުރެއްވި އިންޓަވިއުއަށް ރިޢާޔަތްކޮށް، މި މަޤާމަށް އިންތިޙާބްކުރުމަށް އެންމެ ޤާބިލް ފަރާތްތަކަކީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައްކަމުގައި ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކުރައްވާފައެވެ. އެގޮތުން މި ފަރާތްތަކާބެހޭ މަޢުލޫމާތު، ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ 1.3 (e) ގެ ދަށުން ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އަންގާ، އިޢުލާންކުރަމެވެ.

ކެނޑިޑޭޓް ނަންބަރު ތަރުތީބުކުރެވިފައިވަނީ ތާނަ އަކުރު ތަރުތީބުންނެވެ.

ކެނޑިޑޭޓް ނަންބަރު 1 – އަލްފާޟިލާ ޢާއިޝަތު ފަޒީނާ 

އަލްފާޟިލާ ޢާއިޝަތު ފަޒީނާ އަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (ބިޒްނަސް ސްކޫލް) ގެ އެސޯސިއޭޓް ލެކްޗަރަރއެކެވެ. އަދި އޭނާއަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަދި މޯލްޑިވްސް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ޕލކ ގެ ބޯޑު ޑިރެކްޓަރއެކެވެ. މީގެ އިތުރުން، އަމިއްލަ މަސައްކަތުގެ ގޮތުގައި، ކޮންސަލްޓަންސީ އަދި އޮޑިޓިންގ ގެ މަސައްކަތްވެސް ކުރައްވައެވެ. އަލްފާޟިލާ ޢާއިޝަތު ފަޒީނާ ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕްރޮޖެކްޓް އޮފިސަރކަން، ވިލާ ކޮލެޖުގެ ވިޒިޓިންގ ލެކްޗަރަރކަން އަދި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ބޯޑު ޑިރެކްޓަރކަންވެސް ކުރައްވާފައެވެ.

އަލްފާޟިލާ ޢާއިޝަތު ފަޒީނާ ވަނީ އޭ.ސީ.ސީ.އޭ އެފްލިއޭޓް މެމްބަރޝިޕް އަދި ބެޗެލަރ އޮފް ސައިންސް (އޮނަރސް) އިން އެޕްލައިޑް އެކައުންޓިންގ އާއި ސީ.އޭ.ޓީ ހައްދަވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޓްރެއިނިންގ ޕްރޮގްރާމްވެސް ފުރިހަމަކުރައްވާފައެވެ. ހަމަމިއާއެކު އޭނާ ވަނީ ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ އަދި، ސިންގަޕޯރ އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސްގެ އެގްޒެކެޓިވް ސެޓިފިކޭޓް އިން ޑިރެކްޓަރޝިޕް ފުރިހަމަކުރައްވާފައެވެ.

އަލްފާޟިލާ ޢާއިޝަތު ފަޒީނާއަކީ 2017 ވަނަ އަހަރުން ފެށިގެން މި ކުންފުނީގެ 1 ހިއްސާގެ ވެރިފަރާތެވެ.

ކެނޑިޑޭޓް ނަންބަރު 2 – އަލްފާޟިލާ އާމިނަތު ރުޝްމާ 

އަލްފާޟިލާ އާމިނަތު ރުޝްމާއަކީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ސީނިއަރ ޓްރެއިނިންގ ކޯޑިނޭޓަރެކެވެ. އަދި، ހަމަމިއާއެކު މެޕްސް ކޮލެޖްގެ ލެކްޗަރަރއެކެވެ. އަލްފާޟިލާ އާމިނަތު ރުޝްމާ ވަނީ އިންޓަރނެޝަނަލް ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓްގެ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓްކަން، ބީހައިވް ނަލަހިޔާ ހޮޓަލްގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވްކަން އަދި، ސިވިލް ސަރވިސް ކޮމިޝަންގެ ޕަބްލިކް ރިލޭޝަން އޮފިސަރކަމާއި ހިއުމަން ރިސޯސް ޑިވަލޮޕްމަންޓް އޮފިސަރކަންވެސް އަދާކުރައްވާފައެވެ.

އަލްފާޟިލާ އާމިނަތު ރުޝްމާވަނީ މާސްޓަރ އޮފް މެނޭޖިރިއަލް ސައިކޮލޮޖީ، ބެޗްލަރ އޮފް އާރޓްސް (އޮނަރސް) އިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ބީޓެކް ނެޝެނަލް ޑިޕްލޮމާ އިން ޓްރެވަލް އެންޑް ޓުއަރިޒަމް އަދި އައި.އޭ.ޓީ.އޭ ޑިޕްލޮމާ އިން އެއަރލައިން ޓިކެޓިންގ، ރެޒަވޭޝަން އެންޑް މާކެޓިންގ ހައްދަވާފައެވެ.

އަލްފާޟިލާ އައިމިނަތު ރުޝްމާއަކީ 2019 ވަނަ އަހަރުން ފެށިގެން މި ކުންފުނީގެ 1 ހިއްސާގެ ވެރިފަރާތެވެ.

ކެނޑިޑޭޓް ނަންބަރު 3 – އަލްފާޟިލް މަންޞޫރު ޒުބައިރު 

އަލްފާޟިލް މަންޞޫރު ޒުބައިރަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ސްޓެޓިސްޓިކް ޑިވިޝަންގެ އެސިސްޓަންޓު އެގްޒެކްޓިވް ޑިރެކްޓަރއެވެ. ހަމަމިއާއެކު، އަލްފާޟިލް މަންޞޫރު ޒުބައިރަކީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އަދި ޕެކްޓޮރާ އެންޓަޕްރައިސެސް ޕވޓ ލޓޑގެ ބޯޑު ޑިރެކްޓަރެކެވެ. މީގެ އިތުރުން، އޭނާ ވަނީ ބީ.ބީ އިންވެސްޓްމަންޓް ޕވޓ ލޓޑ ގެ މެނޭޖިންގ ޑިރެކްޓަރކަން، މޯލްޑިވްސް އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރކަން، މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފައިނޭންސް ކޮމިޝަންގެ މެމްބަރުކަން އަދި މެމް.އެމް.އޭގެ އިންފޯމޭޝަން އޮފިސަރ / މީޑިޔާ އޮފިސަރކަމާއި މިނޫންވެސް ގިނަ މަޤާމްތަކެއް އެމް.އެމް.އޭގައި އަދާކުރައްވާފައެވެ.

އަލްފާޟިލް މަންޞޫރު ޒުބައިރު ވަނީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލަރ އޮފް ކޮމަރސް އިން ބޭންކިންގ އެންޑް ފައިނޭންސް، އެޑްވާންސް ޑިޕްލޮމާ އިން ކޮމަރސް އަދި، ސްޓެސްޓިކަލް ޓްރެއިނިންގ ޑިޕްލޮމާއެއް ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޓްރެއިނިންގ ޕްރޮގްރާމްވެސް ފުރިހަމަކުރައްވާފައެވެ. ހަމަމިއާއެކު، އޭނާ ވަނީ ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ އަދި ސިންގަޕޯރ އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސްގެ އެގްޒެކެޓިވް ސެޓިފިކޭޓް އިން ޑިރެކްޓަރޝިޕް ޕްރޮގްރާމްގެ ގިނަ މޮޑިއުލްތައް ފުރިހަމަކުރައްވާފައެވެ.

އަލްފާޟިލް މަންޞޫރު ޒުބައިރަކީ 2006 ވަނަ އަހަރުން ފެށިގެން މި ކުންފުނީގެ 1 ހިއްސާގެ ވެރިފަރާތެވެ.

ކެނޑިޑޭޓް ނަންބަރު 4 – އަލްފާޟިލް މުޙައްމަދު އިމްތިޝާލް އަޙްމަދު   

އަލްފާޟިލް މުޙައްމަދު އިމްތިޝާލް އަޙްމަދު މިހާރު އަދާކުރައްވާ މަޤާމްތަކުގެ ތެރޭގައި ޑެނިކޮން ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕވޓ ލޓޑގެ މެނޭޖަރކަން، ޔޫ ޓުއަރޒް މޯލްޑިވްސް ޕވޓ ލޓޑ ގެ ޑިރެކްޓަރކަން، އަދި ރަބާޙް އިންޓަރނެޝަންލ ޕވޓ ލޓޑ ގެ މެނޭޖިންގ ޑިރެކްޓަރކަން ހިމެނެއެވެ. މީގެ އިތުރުން އޭނާވަނީ ކުޑަފަރި ޔޫތު މޫވްމަންޓުގެ އިލެކްޓެޑް ޖެނެރަލް ސެކްރެޓަރީކަން، ސްރީ ލަންކާގެ ސްޓޫޑަންޓް އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީކަން އަދި ކްލިކް ކޮލެޖްގެ ޑަބްލިއު.އައި.ޓީ.ޓީ.އެސް ގެ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓްކަންވެސް ކުރައްވާފައެވެ.

އަލްފާޟިލް މުޙައްމަދު އިމްތިޝާލް އަޙްމަދު ވަނީ ޑިޕްލޮމާ އިން ޓުއަރިޒަމް މެނޭޖްމަންޓް، ޑިޕްލޮމާ އިން ވެބް ޑިޒައިނިންގ އަދި ޑިޕްލޮމާ އިން މެނޭޖްމަންޓް ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ބެޗެލަރސް ޑިގްރީ އިން މެނޭޖްމަންޓް އެންޑް މާކެޓިންގ ގެ ބައެއް މޮޑިއުލްތައް ފުރިހަމަކުރައްވާފައެވެ.

އަލްފާޟިލް މުޙައްމަދު އިމްތިޝާލް އަޙްމަދަކީ 2019 ވަނަ އަހަރުން ފެށިގެން މިކުންފުނީގެ 1 ހިއްސާގެ ވެރިފަރާތެވެ.

14 އޭޕްރިލް 2019
ހޯދާ