މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2019 ވަނަ އަހަރު ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުން

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި / ދިވެހިރާއްޖެ

                                               ނަންބަރ: (IUL)GS-23/PRIV/2019/16  

އިޢުލާން

 

2019 ވަނަ އަހަރު ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ

      

         2019 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވަން ގެއެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ.  މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވި ފަރުނީޗަރު އަދި  މަދުވެގެން 2 ކޮޓަރި ( އެޓޭޗް ފާޚާނާއާއެކު) ސިޓިންގރޫމަކާއި، ބަދިގެބަޔަކާއި (ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު) ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

 

        ވީމާ، ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް، ގެ ނުވަތަ އެޕާޓްމަންޓް ކުއްޔަށްދޭން ބޭނުންވާ އަގު ބަޔާންކޮށް، ގޭގެ ކުރެހުމަކާއެކު، މި ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވެވޭ ފަރާތްތަކަށް ބަދަލުގައި އެހެން ފަރާތެއް ( ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕިއާއެކު) ފޮނުވިދާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ސަރުކާރުން ކަނޑައަޅައިފިނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަންނާނެއެވެ.

 

ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

22 އޭޕްރީލް 2019

ހޯމަ

މަޢުލޫމާތު ސާފުކުރުން

13:00

މ. އަތޮޅު ތަޢުލީމީ މަރުކަޒު

24 އޭޕްރީލް 2019

ބުދަ

އަންދާސީ ހިސާބު

13:00

މ. އަތޮޅު ތަޢުލީމީ މަރުކަޒު

 

        މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި 7952901 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

              09 ޝަޢުބާން  1440 

             14 އޭޕްރީލް  2019

                                                         އާމިނަތު ޢަލީ   

                                                         ޕްރިންސިޕަލް

             

ފޯނު ނަންބަރ: 7952901  ފެކްސް ނަންބަރ: 6720002 / މ. އަތޮޅު ތަޢުލީމީ މަރުކަޒު

Email: [email protected]

14 އޭޕްރިލް 2019
ހޯދާ