މަޤާމް:
|
ކްލިނިކް ކޮންޓްރޯލަރ
|
ރޭންކް:
|
ސީ 5
|
ކްލެސިފިކޭޝަން:
|
ސިވިލް އޮފިސަރސް / ސަޕޯޓް ސަރވިސް
|
އަސާސީ މުސާރަ:
|
މަހަކު -/7,580 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/3,500 ރުފޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް:
|
މަހަކު -/3,411 ރުފޔާ
|
ބޭނުންވާ އަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭ ތަން:
|
މާފުށި ޖަލު
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް
|
ފެންވަރު ނުވަތަ ޝަރުތު:
|
މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- އެޑްވާންސް ސެޓްފިކެޓް އިން ޕްރައިމަރީ ހެލްކެއަރ ހަދާފައިވުމާއި އެކު ކްލިނިކް ނުވަތަ ހޮސްފިޓަލް ފަދަ ތަނެއްގައި 02 އަހަރު މަސައްކަތް ކޮށްފައިވުން.
- ޕްރައިމަރީ ހެލްތް ކެއަރ އިން ޑިޕްލޮމާ ހާސިލްކޮށްފައި ވުމާއި އެކު ކްލިނިކް ނުވަތަ ހޮސްފިޓަލް ފަދަ ތަނެއްގައި 01 އަހަރު މަސައްކަތް ކޮށްފައިވުން.
- ޕްރައިމަރީ ހެލްތް ކެއަރ އިން އެޑްވާންސް ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ހާސިލްކޮށްފައި ވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- މެޑިކަލް ސެންޓަރުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުން އަދިވެސް އެހެނިހެން ޓެކްނިކަލް ސްޓާފުންގެ މަސައްކަތުގެ ހުރިހާކަމެއް ބަލަހައްޓާ މޮނީޓަރ ކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛
- އަލަށް ޖަލަށް ގެނެވޭ ކޮންމެ ޤައިދީއަކާއި ބަންދު މީހަކަށް ޖަލަށް ވެއްދުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މެޑިކަލް ސްކްރީން ފުރިހަމަކޮށް، ބަލި ހާލަތު ބޮޑު މީހެއްނަމަ އެމީހަކު ޑޮކްޓަރަށް ދެއްކުމުގެ ކަން ކަން ހަމަޖައްސައި ރިޕޯރޓްކުރަން ޖެހޭ ފަރާތްތަކަށް އެކަން ރިޕޯޓްކުރުން.
- ބޭސް އަޅަންޖެހޭ ޤައިދީންނާއި ބަންދުމީހުންގެ ބޭސް އެޅުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން؛
- ޑޮކްޓަރަށް ދައްކަން ޖެހޭ ޤައިދީންނާއި ބަންދުމީހުން ޑޮކްޓަރަށް ދެއްކުމުގެ އެންމެހައި އިންތިޒާމުތަކެއް ހަމަޖެއްސުން؛
- ޑޮކްޓަރަށް ދައްކާ ޤައިދީންނާއި ބަންދުމީހުންނަށް ޑޮކްޓަރު ލިޔެދެއްވާ ބޭސް ގަޑިން ގަޑިއަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން؛
- ޑޮކްޓަރަށް ދައްކާ ޤައިދީންނާއި ބަންދުމީހުންގެ މެޑިކަލް ފައިލް ޤަވައިދުން އަޕްޑޭޓް ކުރަމުންދޭތޯ ބެލުން؛
- ޤައިދީންނާއި ބަންދުމީހުންގެ ޑޮކްޓަރީ ފަރުވާއާއި ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުން؛
- ކުލިނިކުގައި ހުންނަ މެޝިނަރީޒް ފަދަ ތަކެތި ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި އަދި ކުލިނިކަށް އިތުރަށް ހޯދަން ޖެހޭ ތަކެތި ހޯދުން؛
- ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ކުލިނިކް ހިންގުމުގެ އެންމެހައި ކަންކަން ކުރުން؛
- ޤައިދީންނާއި ބަންދުމީހުންނަށް އެމަރޖެންސީ ކޮށް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި އެމަރޖެންސީކޮށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން؛
މަސައްކަތްތަކާއި ގުޅިގެން ރިޕޯރޓްކުރަން ޖެހޭ އެއްމެހައި ފަރާތްތަކަށް ރިޕޯޓްކުރުން؛
|
މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:
|
- ތަޢުލީމީ ފެންވަރު.
- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ )
- ދިވެހި ސިވިލް ސަރވިސްއަށް / ދައުލަތަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ކޮޕީ.
- ޕޮލިސް ރިޕޯޓް
|
ސުންގަޑި:
|
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި އެހެނިހެން ލިޔެކިއުންތަކާއި އެކު 24 އޭޕްރީލް 2019 ދުވަހުގެ 15:00ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
- މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
|
%50 ( ފަންސާސް އިންސައްތަ)
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ.
އީ މެއިލް: [email protected]
|
(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)
|
|
|
|