ދިވެހިރާއްޖެ
ހއ. ދިއްދޫގެ މަގުބައްތިތަކާ އަދި ބަނދަރު ބައްތިތަކަށް ދިމާވެފައިވާ މައްސަލަތަށް ކައުންސިލަށް ރިޕޯރޓްކޮށް ބައްތި ތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށް ދިއްލައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)251-MS/251/2019/19 (27 މާރިޗު 2019) ގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައި ނުވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އެ މަސައްކޮށްދޭނެ ފާރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 23 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 12:15 ގައި މި އިދާރާގައި ބާއްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މި އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމާ ބެހޭ ގޮތުން މި ކައުންސިލުން ޢަމަލުކުރާނެ ގޮތް ތިރީގައި މި ދަންނަވަނީއެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށް ވެސް ތަމްޞީލްކުރެވޭނީ އެ ފަރާތް އެކަންޏެވެ. ނުވަތަ އެ ފަރާތް އެ ބައްދަލުވުމަށް ފޮނުވި ފަރާތް އެކަންޏެވެ.
- ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް މިމަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައި ނުވެއެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ އަމިއްލަ ވިޔަފާރިއެއް ، ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޕްރައިވެޓް ނުވަތަ ޕަބްލިލް ކުންފުންޏެއް ނަމަ، ނުވަތަ ކޯޕަރެޓިވް ސޮސައިޓީއެއް ނަމަ، ނުވަތަ އެ ނޫން ވެސް ޤާނޫނީ ޝަޚްޞެއް ނަމަ، އެ ފަރާތުގެ ނަމުގައި ފޮނުއްވާ ފަރާތް އެނގޭނެ ލިޔުމެއް އެ ބައްދަލުވުންތަކަށް ހުށަހަޅުއްވަން ވާނެއެވެ. އަދި އެ ލިޔުމާއެކު ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ވެސް ހުށަހަޅުއްވަން ވާނެއެވެ.
- މިމަސައްކަތް ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓް އުޞޫލުން 3 އަހަރު ދުވަހުގެ މުއްދަތަށެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.