މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު ރޫމްގެ ބިއްގަނޑު (ބެކް ޕެނެލްސް) ހެދުމާ ގުޅޭ

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

       މ. މުލި،

      ދިވެހިރާއްޖެ.

 

                                                              ނަންބަރު:   K5C-A/2019/07

އިޢުލާން

 

މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު ރޫމްގެ ބިއްގަނޑު (ބެކް ޕެނެލްސް) ހެދުމާ ގުޅޭ

 

މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު ރޫމްގެ ބިއްގަނޑު (ބެކް ޕެނެލްސް) ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 18 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 10:00  އަށް މިކޯޓަށް ނުވަތަ މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 25 އޭޕްރީލް 2019  (ބުރާސްފަތި)

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މ. މުލީ މެޖިސްޓްރޭޓް ކޯޓު/ މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓު

 

11 އޭޕްރީލް  2019

11 އޭޕްރިލް 2019
ހޯދާ