ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ
މި އޮފީހަށް ތިރީގައި މިދަންނަވާ މަގާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.
މަގާމު: އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ
މުސާރަ: -/5,000 ރުފިޔާ
ސަރވިސް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/200 ރުފިޔާ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35 (-/1,750 ރުފިޔާ)
ކޮއްތު ފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ
ވަޒީފާއަދާކުރަންޖެހޭ ތަނާއި ރަށް: މާލެ އާއި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތައް
ބޭނުންވާ އަދަދު: 22 (ބާވީސް)
މަގާމުގެ ޝަރުޠު: ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި 2 (ދޭއް) މާއްދާއިން ދަށްވެގެން [ޑީ] ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މާއްދާއިން ދަށްވެގެން [ސީ] ފާސް ލިބިފައިވުން.
މަތީގައި ދަންނަވާފައިވާ މަޤާމުގައި މަސައްކަތްކުރާ މީހުންނަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ކަސްޓަމްސްގެ ގަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.
ނޯޓް:
- މި މަގާމަށް މީހުން ހޮވާނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި މި މަގާމަށް ހޮވޭ މީހުންގެ އެއް އަހަރުދުވަހުގެ ޕާފޯމަންސަށް ބަލައި، ޕާފޯމަންސް ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވިދާނެއެވެ.
- މި ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމްތަކުގެ ތެރެއިން މި އޮފީހުން ބަލައިގަނެވޭނީ، މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް އެކަންޏެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަކޮށްފައިވާ، ވަޒީފާއަށްއެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަޞްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލަކު ތައްގަނޑުޖަހައި ސޮއިކޮށްފައިވާ އަޞްލު ކޮޕީ)
- ސްކޫލް ލީވިންގ ސެޓްފިކެޓް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ
- މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް
ސުންގަޑި:
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 އެޕްރީލް25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު (ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތަކާއެކު) ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ www.customs.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނެއެވެ.
06 ޝަޢުބާން 1440
11 އެޕްރީލް 2019