އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
3 ފާޚާނާ އާއި 2 ވޮޝްރޫމް ހެދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި މަރުކަޒުގައި 3 ފާޚާނާ އާއި 2 ވޮޝްރޫމް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 10 އެޕްރީލު 2019 އިން 16 އެޕްރީލް 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 17 އެޕްރީލް 2019 ވާ ބުދަ ދުވަހުގެ 13:30 ގައި އދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 23 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 13:30 ގައި އދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · އދ.އަތޮޅު ތަޢުލީމީ މަރުކަޒު
- ފޯން: 6680024
- އީ-މެއިލް: [email protected]
- ކޮޕީ އީ-މެއިލް: [email protected]
11 އޭޕްރިލް 2019
ހޯދާ