ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމް: ސީނިއަރ މެކޭނިކް (ޏ.ފުވައްމުލައް އައިސް ޕްލާންޓް)
ބޭނުންވާ ޢަދަދު: 1
އަސާސީ މުސާރަ : 5900.00 ރުފިޔާ
ސާވިސް އެލަވަންސް: އަސާސީ މުސާރައިގެ %60
ފުޑް އެލަވަންސް: ދުވާލަކަށް 60 ރުފިޔާ
ފެންވަރު ނުވަތަ ޝަރުތު: މަޤާމާއިގުޅޭ ދާއިރާއަކުން ސެޓްފިކެޓް ލެވެލް 4 ގެ ކޯހެއްފުރިހަމަ ކޮށްފައި ވުމާއި އެކު ރެފްރިޖަރޭޝަން ދާއިރާގެ 1 އަހަރުދުވަހުގެ ތަޖްރިބާލިބިފައިވުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން. އައިސްޕްލާންޓްގައި ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ހައްލުކޮށް، ލިޔެކިޔުން ބެލެހެއްޓުމާއި، އައިސްޕްލާންޓްއަށް ލިބޭ ފައިސާ ބެލެހެއްޓުމުގެ ގާބިލްކަން ހުރި މީހެއްކަމުގައިވުން.
މަޤާމް: ލޭބަރ (ޏ.ފުވައްމުލައް އައިސް ޕްލާންޓް)
ބޭނުންވާ ޢަދަދު: 3
އަސާސީ މުސާރަ : 2700.00 ރުފިޔާ
ސާވިސް އެލަވަންސް: އަސާސީ މުސާރައިގެ %60
ފުޑް އެލަވަންސް: ދުވާލަކަށް 60 ރުފިޔާ
ފެންވަރު ނުވަތަ ޝަރުތު: ލިޔަން ކިޔަން ދަތުމާއި ، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން.
މަތީގައި ދެންނެވިފައިވާ މަޤާމްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރުގަޑީގައި މަސައްކަތް ކުރުމުން އިތުރުގަޑީ ފައިސާ ލިބިދެވޭނެއެވެ.
މަތީގައިވާ މަޤާމްތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކެއް ނެތްނަމަ ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި އެންމެމަތިން މާރކްސް ލިބޭ ފަރާތްތަށް އިސްކަން ދެވޭނެއެވެ.
މިމަޤާމްތަކަށް އެދިލައްވާ ފަރާތްތަކުން 17 އެޕްރީލް 2019 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން، ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީ.ވީ)އާއިއެކު ވަޒީފާއަށް އެދި ހެޑްއޮފީހަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 އެކްސްޓެންޝަން-300 އަށް ގުޅުއްވުން އެދެމެވެ.
10 އެޕްރީލް 2019