ދިވެހިރާއްޖެ
VAM/IL/2019/7009
އިޢުލާން
2019 ވަނަ އަހަރުގެ ސައުތު އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމާބެހޭ
2019 ވަނަ އަހަރު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އައްޑޫ ސިޓީ، ފުއައްމުލައް ސިޓީ ގެ އިތުރުން ގއ. އަދި ގދ. އަތޮޅު ސްކޫލްތަކުގެ މެދުގައި 25 އޭޕްރީލް 2019 ގައި ''ސައުތު އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް'' ފުއައްމުލައް ސިޓީގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެފަހު ތާރީޚަކީ 18 އޭޕްރީލް ވާ ބުރާސްފަތި ދުވަހުގެ 15:00 އަށެވެ. އަދި ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ 22 އޭޕްރީލް 2019 ވާ ހޯމަދުވަހުގެ 14:00 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި އެސޯސިއޭޝަނުންނާއި ފުވައްމުލައް ސިޓީގެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ މި އެސޯސިއޭޝަންގެ ނަންބަރ 3317015 އާއި ގުޅުއްވުން އެދެމެވެ.
10 އޭޕްރިލް 2019