ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހަޅާ ތާރީހަށް ބަދަލު ގެނައުން

 

އިޢުލާން

 

 

 

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކާރޑިއެކް ސެންޓަރއެއް ހެދުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރ:(IUL)KRH-APD/2019/04 ( 26 މާރިޗު 2019 ) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހަކީ ( 7 އޭޕްރީލް 2019 )، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ނިންމެވުމާއި ގުޅިގެން މި ދުވަސް މިހާރުވަނީ ބަދަލު ވެފައެވެ.

ވީމާ، އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީހަކީ 16 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މީޓިންގ ރޫމްގައި ނުވަތަ މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) ގައި ކަމަށް މަޢުލޫމަތަށްޓަކައި ދެންނެވީމެވެ.

 

 10 އޭޕްރީލް 2019

10 އޭޕްރިލް 2019
ހޯދާ