ދިވެހިރާއްޖެ
މިމިނިސްޓްރީގެ ދަށުން ހިނގަމުންދާ ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ތިރީގައި ތަފްސީލު ދެވިފައިވާގޮތަށް ހައިޑްރޮޕޯނިކްސްގެ ގްރީން ހައުސްއަށް ބޭނުންވާ ފެން ރައްކާކުރާނެ ނިޒާމެއް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ޓޭންކްތައް ބެހެއްޓުމަށް ތައްޔާރުކުރެވޭ ސްޓްރަކްޗަރ ތައްޔާރުކުރާނެ ގޮތުގެ މައުލޫމާތު:
ޓޭންކްތައް ބަހައްޓާ ފައުންޑޭޝަން
ފައުންޑޭޝަން ބުޑުގެ ބޮޑުމިން 30×15 ފޫޓް
- ފައުންޑޭޝަން ބުޑު ހުންނަންވާނީ ކޮންކްރިޓް ކުރެވިފއެވެ. ބުޑުގެ އުސްމިން ހުންނަންވާނީ 1 ފޫޓަށެވެ.
- ފައުންޑޭޝަން ބުޑު ކޮންކުރިޓް ކުރާއިރު ބުޑުގެ މެދުންވެސް ހުރަހަށް 2 ހިސާބުން ރޭނުން.
- ފައުންޑޭޝަން ބުޑުގެ ބޭރުގައި ސިމެންތި ޖެހުން އަދި އެތެރެއަށް ވެލިއެޅުން.
- ފައުންޓޭޝަން ބުޑުގެ މަތިން "3 ބޯމިނަށްކޮންކުރިޓް އެޅުން.
- ކޮންކްރިޓް ޝީޓް އަޅަންވާނީ '1 × '1 ދުރުމިނުން 10 އެމް.އެމްގެ ދަނގަނޑު ލައްވައިގެންނެވެ.
- ކޮންކްރިޓް ކުރާނީ 1:2:3 މިންގަނޑަށް ހިލަޔާއި ހިލަވެލި އަދި ސިމެންތި ބޭނުންކޮށްގެންނެވެ.
ޓޭންކްތައް ބެހެއްޓުމާއި ފެން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
1- ފައުންޑޭޝަން ބުޑު ހަދާ ނިމުމުން ސެންޓަރުން ދައްކާ 5000 ލިޓަރުގެ 6 ކަޅުހަން ފައުންޑޭޝަން މަތީގައި ބަހައްޓާދިނުން.
2- އިމާރާތުން ތަނގީތަކަށް ފެންވައިރު އެޅުމުގައި މައި ހޮޅިއަކަށް 2 އިންޗީގެ ހޮޅި ބޭނުންކުރުން އަދި ކޮންމެ ތާންގީއަކަށް ގުޅާ ހޮޅި 1.5 އިންޗި ބެހެއްޓުމާއި މިހޮޅިތައް ބަންދުކުރެވޭގޮތައް ވޭލްހަރުކުރުން.
3. އިމާރާތުގެ ދިޔަދޮވީގެ ކަތި (ފެންފައިބާކޮޅު) ރަގަޅުކުރުން
4. ތާނގީތަކުން ގްރީންހައުސްއަށް ފެންފޮނުވުމަށް ފެންވައިރު ކުރާއިރު 1 އިންޗި ޕީވީސީ ހޮޅިން ފެންވައިރު އެޅުން
5.. ފެންފޮނުވުމަށް އިލެކްޓަރިކް 1 އިންޗި ޑޭވޫ ޕަންޕް ހަރުކުރުން (ޕަންޓް ސްޓޭޝަން ހިޔާކުރުން)
6. ގްރީންހައުސްގެ ހުޅަގުފާރާތުގައި ބެހެއްޓިފައިހުރި ދެ ތާގީއަށް ފެންވައިރު އެޅުން
7. ތާނގީތަކުން ފެންވައިރުކުރާއިރު ކޮންމެ ތާނގީއަކުން ވަކިން ފުޓްވޭލްލުމާއި، ކޮންމެ ތާނގީއެއް ވަކިން ބޯލްވޭލްއިން ބަންދުކުރެވެން ހުރުން
8. ޕަންޕަށް ކަރަންޓް ނަގާނީ ގުދަން އިމާރާތުންނެވެ.
9. ތާނގީތަކާއި ގުރީންހައުސްއާއި ދެމެދުގެ ދުރުމިން 300 ފޫޓް
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 އެޕްރީލް 14 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ހަދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު ، 2019 އެޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ހަދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ނުވަތަ މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- އަގަށް 60 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 60 )
- މުއްދަތަށް 20 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު * 20 )
- ތަޖުރިބާއަށް 20 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
ރ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.