ދިވެހިރާއްޖެ
ނަންބަރު: NAM/IUL/2019/03
މިއެސޯސިއޭޝަންގެ ބޭނުމަށް ތިރީގައިވާ ދެންނެވިފައިވާ މަޤާމަށް މީހަކު ބޭނުންވެއެވެ.
މަޤާމް: ހެޑްކޯޗް
ކޯޗުކޮށްދޭނެ އުމުރުފުރާ: 21 އަހަރުންދަށުގެ ޤައުމީ ނެޓްބޯލް ޓީމް
ބޭނުންވާ އަދަދު:01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން
މުސާރަ: ދެފަރާތް އެއްބަސްވާ އަދަދެއް
ފެންވަރު ނުވަތަ ޝަރުތު
- ނެޓްބޯލް ކޯޗިންގ ކޯހެއް ފުރިހަމަކޮށްފައިވުން
- އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއިއެކު ވާހަކަދައްކަން އެނގުން
- ނެޓްބޯލް ކޯޗިންގ ދާއިރާގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާލިބިފައިވުމާއެކު، މިހާރުވެސް މިދާއިރާގައި ޙަރަކާތްތެރިވެ އުޅޭފަރާތަކަށްވުން
- އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން
ވީމާ، މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 އޭޕްރިލް 2019 ވާ ހޯމަ 14:00 ގެ ކުރިން މިއެސޯސިއޭޝަންއަށް އައިޑެންޓިޓީކާޑުގެ ކޮޕީ އަދި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7611112 އަށް ގުޅުއްވުން އެދެމެވެ.