ދިވެހިރާއްޖެ
ނަންބަރު: NAM/IUL/2019/02
އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތް 2019
މިއެސޯސިއޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން 15 ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތް 2019 ގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން 30 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވާ އުމުރުފުރާއާއި، މިމުބާރާތާއި ގުޅިގެން އެސްކޫލަކާއިއެކު މުއާމަލާތް ކުރާނެ ފަރާތެއްގެ ނަމާއި ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭނޭގޮތަށް ލިޔުމަކުން މިއެސޯސިއޭޝަންއަށް އެންގެވުން އެދެމެވެ. އަދި ޓީމްލިސްޓް 30 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންއަށް ހުށަހެޅުއްވުން އެދެމެވެ.
މިމުބާރާތުގެ ޤަވާއިދާއި ޓީމްލިސްޓް ހުށަހަޅާ ފޯރމްގެ އިތުރުން މުބާރާތާއިބެހޭ މަޢުލޫމާތު މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.
މިމުބާރާތުގައި ބައިވެރިކުރެވޭނެ އުމުރުފުރާތައް:
- 12 އަހަރުން ދަށް (އަންހެން)
- 14 އަހަރުން ދަށް (އަންހެން)
- 16 އަހަރުން ދަށް (އަންހެން)
- 18 އަހަރުން ދަށް (އަންހެން)
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7611112 އަށް ގުޅުއްވުން އެދެމެވެ.