މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ހާމޮނައިޒޭޝަން އޮފް ޕްރޮކިއުމަންޓް ޕޮލިސީސް އޮފް ސްޓޭޓް އޯންޑް އެޓަރޕްރައިޒަސް (އެސް.އޯ.އީ) ކޮންސަލްޓަންސީ (ލޯކަލް ފާމް )

ހާމޮނައިޒޭޝަން އޮފް ޕްރޮކިއުމަންޓް ޕޮލިސީސް އޮފް ސްޓޭޓް އޯންޑް އެޓަރޕްރައިޒަސް (އެސް.އޯ.އީ) ކޮންސަލްޓަންސީ (ލޯކަލް ފާމް)

1. މިނިސްޓްރީ އޮފް ފިނޭންސް އިން ކުރިއަށް ގެންދާ ދަޢުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން ހާމޮނައިޒޭޝަން އޮފް ޕްރޮކިއުމަންޓް ޕޮލިސީސް އޮފް ސްޓޭޓް އޯންޑް އެޓަރޕްރައިޒަސް (އެސް.އޯ.އީ) ކޮންސަލްޓަންސީގެމަސައްކަތްކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

2. ކޮންސަލްޓެންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕަބްލިކް ފައިނޭންސް ރެގިއުލޭޝަންއާ އެއްގޮތަށް ހާމަނައިޒްޑް ޕްރޮކިއުމަންޓް ޕޮލިސީއެއް ހުރިހާ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސް.އޯ.އީ) ތަކަށް އެކުލަވާލުން ހިމެނެވެ. ކޮންސަލްޓެންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަށް ޓީ.އޯ.އާރުގައި ބަޔާންކޮށްފައި ވާނެވެ.

3. މި މަސައްކަތުގެ މުއްދަތަކީ 5 މަސް ދުވަހެވެ.

4. މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

5. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

6. މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016ގައި ތައްޔާރުކޮށް ނޮވެމްބަރު  2017 އަދި އޮގަސްޓް 2018ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

7. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން22 އެޕްރީލް 2019 ހޯމަ ދުވަހު 13:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އަބްދުﷲ ޙަސަން

ޕްރޮޖެކްޓް ޑިރެކްޓަރ

ޕަބްލިކް ފައިނޭންސް މެނޭޖްމެންޓް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

މިނިސްޓްރީ އޮފް ފިނޭންސް

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން:3349106 ،3349102

ފެކްސް:3320706 ،3324432

އީމެއިލް އެޑްރެސް [email protected] :

[email protected]

[email protected]

 

9 އެޕްރީލް 2019

 

09 އެޕްރީލް 2019
ހޯދާ