ދިވެހިރާއްޖެ
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ
ނަންބަރު: NAM/IUL/2019/01
އެޑްމިނިސްޓްރޭޓިވް އޮފިސަރ
މިއެސޯސިއޭޝަންގެ ބޭނުމަށް ތިރީގައިވާ މަޤާމްއަށް މީހަކު ބޭނުންވެއެވެ.
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު:01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން
މުސާރަ: މަހަކު 5000 ރުފިޔާ
ވަޒީފާ އަދާކުރަން ޖެހޭ ތަން: ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
މަސައްކަތު ގަޑި: 08:00 ން :12:00 އަށް، 13:00 ން 14:00 އަށް
ފެންވަރު ނުވަތަ ޝަރުތު
- ސާނަވީ އިމްތިޙާނުން މަދުވެގެން 02 މާއްދާއިން ދަށްވެގެން "ޑީ"ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
- އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއިއެކު ވާހަކަދައްކަން އެނގުން
- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
- އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން
ވީމާ، މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 14 އެޕްރީލް 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަން އަށް ވަނަވަރާއި ، އެޓެސްޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އައިޑެންޓިޓީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މިއޮފީސް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން 12:00 އަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7611112 އަށް ގުޅުއްވުން އެދެމެވެ.
09 އޭޕްރީލް 2019