ދިވެހިރާއްޖެ
އިޢުލާން
ތާރީޙް: 09 އޭޕްރީލް 2019 ނަންބަރ: GS145/HR/IUL/2019/013
ޤުރްއާން ރިލީފް ޓީޗަރެއް ބޭނުންވެއްޖެ
މަޤާމް |
ބޭނުންވާ އަދަދު |
ޤުރްއާން މުދައްރިސް (ސެކަންޑަރީ) |
01 |
މަސައްކަތް ހަމަޖެހިފައިވާ ތަން: |
ގުރައިދޫ ސްކޫލް / ކ.ގުރައިދޫ |
ޝަރުތު :
ޝަރުތު |
މުސާރަ (މަހަކު ) |
ސާރވިސް އެލަވަންސް ( މަހަކު ) |
ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން |
-/4500 |
-/1500 |
މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން |
-/5500 |
-/1500 |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން |
-/6090 |
-/2500 |
މަޤާމްގެ މަސްއޫލިއްޔަތު
މިމަޤާމްގައި ކުރައްވަން ޖެހިވަޑައިގަންނަވާނީ ސްކޫލުން ކަނޑައަޅާ ޕްރައިމަރީ ގްރޭޑް ތަކަށް ކިޔަވައި ދިނުމުގެ މަސައްކަތެވެ.
އިތުރު އިނާޔަތްތައް:
ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ ޗެޕްޓަރ 5ގައިވާ ގޮތުގެމަތީން:
- އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ފައިސާ ދެވޭނެއެވެ.
- ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ހަމަޖެހިފައިވަ އުސޫލުން ދެވޭނެއެވެ.
- ކޮންޓްރެކްޓްގެ މުއްދަތުގެ ގިނަވެގެން ދެވޭނީ 5 ދުވަހުގެ ޢާއިލީ ޒިންމާގެ ޗުއްޓީއެވެ.
- ކޮންޓްރެކްޓްގެ މުއްދަތުގައި ގިނަވެގެން ދެވޭނީ 9 ދުވަހުގެ ސަލާމް ޗުއްޓީއެވެ.
5. ސިވިލްސާރވިސް މުވައްޒިފުންނެކޭ އެއް އުސޫލުން ގަޑީލާރި ކެނޑޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް.
- ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން .
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
ވަޒީފާއަށް އެދި ހުށައަޅާ ފޯމާއި އެކު ހުށައަޅަން ޖެހޭ ތަކެތި
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
ވީމާ، މިމަޤާމަށް އެދިލައްވާ ފަރާތްތަކުން 18 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ކުރިން ސްކޫލަށް ތަކެތި ހުށައެޅުން އެދެމެވެ.
މިމަޤާމަށް މީހުން އައްޔަނު ކުރުމަށް ބޭއްވޭ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ދުވަސް ތެރޭގައި ގުރައިދޫ ސްކޫލް ގައެވެ. އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި މިވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުންނަށް އަންގާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާ
ތެއް ސާފުކުރަން ބޭނުންފުޅުނަމަ މިސްކޫލްގެ ނަންބަރ 6640574 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް: [email protected]
މިހެންވެ މިކަން އަންގައި އިޢުލާން ކުރީމެވެ.
04 ޝައުބާން 1440
09 އޭޕްރިލް 2019