ދިވެހިރާއްޖެ
އިޢުލާން
މި ބިއުރޯއިން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް 74 ޓެބްލެޓް އަދި 73 ޕަވަރބޭންކް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު.(IUL) 457-AIT/1/2019/4 (25 މާރިޗް 2019) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ، އެއިޢުލާން ބާތިލްކޮށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ މި ތަކެތި ވިއްކެވުމަށް އެދިލައްވާ ފަރާތްތަކުން 2019 އޭޕްރީލް މަހުގެ 15 ވަނަ ދުވަހު 13:30 އަށް މި ބިއުރޯ ހިނގަމުންދާ ޢިމާރާތް، ދާރުލް އީމާން ބިލްޑިންގގެ 8 ވަނަ ފަންގިފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މިބީލަމާއިބެހޭ މައުލޫމާތު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008444 / 3008414 / 300400 އަށް ގުޅުއްވުން އެދެމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.