ދިވެހިރާއްޖެ
ނަމްބަރު:(IUL)321-A/3212019/53
އިޢުލާން
ވައްބުރުހަޓް މަރާމާތުކުރުމާބެހޭ
ޞިއްޙީމަރުކަޒާ ދިމާ އުތުރުން ބަނދަރުމަތީ ހަދާފައިހުރި ވަށްބުރު ހަޓް، ފެރީޓަރމިނަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް މިއިދާރާއިން ކުރި ނަންބަރު (IUL)321-A/321/2019/44 އިއުލާނަށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުލުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާފަރާތްތަކުން ތިރީގައި މިދަންނަވާގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
# |
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
1 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
11 އޭޕްރީލް 2019 |
10:00 |
ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން |
2 |
އަންދާސީ ހިސާބު ހުށަހެޅުން |
18 އޭޕްރީލް 2019 |
10:00 |
ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން |
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ވަށްބުރުހަޓް ފެރިޓަރމިނަލްގެ ގޮތުގައި ތަރައްޤީކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އެސްޓިމޭޓްތަކާއި ކަނޑައެޅިފައިވާގަނޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަނީ އަމިއްލަ ފަރުދެއްނަމަ،އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރެޓިވް ސޮސައިޓީއެއް ނަމަ އެތަނެއްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއަންދާސީ ހިސާބާއެކު ހުށަހަޅާންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
03 ޝަޢުބާން 1440