ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ލ.މާމެންދޫ / ދިވެހިރާއްޖެ
ނަންބަރ: (IUL)403-M/403/2019/36
އިޢުލާނު
ވިޔަފާރި ކުރުމަށް ބިން ދޫކުރުމާއި ގުޅޭ:
ބަނދަރުގައި ވިޔަފާރި ކުރުމަށް ބިންދޫކުރުމަށް ޕްލޭން ކުރެވިފައިވާ ބިންތަކުގެ ތެރެއިން 9 ނަންބަރ ބިން، ބީލަމުގެ އުސޫލުން ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.
* މަޢުލޫމާތު ސާފުކުރުން: 14 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:45 ގައި
* އެސްޓިމޭޓް ހުށަހެޅުން: 21 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:45 ގައި
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތްތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
03 ޝަޢުބާން 1440
08 އޭޕްރީލް 2019
ޢަބްދުލްމުޙުސިން މުޙައްމަދު
ކައުންސިލްގެ ރައީސް