ދިވެހިރާއްޖެ
ނަންބަރު: A)CA-2019/165)
އިޢުލާން
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން:
މިކޮމިޝަނުގެ ނަންބަރު A)CA-2019/155) މާރިޗު 26 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
2019 އެޕްރީލު 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ގދ. ގައްދޫގައި ވޯޓުފޮށި ބެހެއްޓުމަށް ކުރިން ހަމަޖެހިފައިވާ ތަނަކީ ހަނަފަސް އަދި ހޫނުގަދަ ތަނަކަށްވާތީ، އެތަނަށް ވޯޓުލާން ގޮސް ކިޔުގައި ތިބުމަކީ ރައްޔިތުންނަށް އުނދަނގޫވާނެ ކަމަކަށްވާތީ، ގދ. ގައްދޫގައި ބަހައްޓާ ވޯޓުފޮށިތައް ބަހައްޓާ ތަން ބަދަލުކޮށް، މި ވޯޓުފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށިތަކުގެ ކޯޑާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށް އަދި މިހާރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން މި ދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ކޯޑު |
ވޯޓުފޮށީގެ ނަންބަރު |
ގދ. ގައްދޫ ގދ. އަތޮޅު މަދަރުސާގެ ބާ ޢިމާރާތް، ކަރނޭޝަން މަގު ދޮރާޝިން ވަދެގެން ދާއިރު، ހޯލުގެ ދެކުނުފަރާތް |
މި ފޮށްޓަށް ވޯޓުލާނީ ގައްދޫ ކަނީރުމަގުން ހުޅަނގަށް ގޮސް އަސަރީމަގު ގުޅުނު ހިސާބުން ދެކުނަށް ގޮސް ވައިލެޓްމަގާ ގުޅުނު ކަންމަތިން ހުޅަނގަށް ގޮސް ވަތަބަނޑޭރި މަގާ ގުޅުނު ހިސާބުން ދެކުނަށް ގޮސް ކަޅެގަލެކޮޑުމަގު ވަތަބަނޑޭރިމަގާ ގުޅުނު ހިސާބުން، ވަތަބަނޑޭރިމަގުން އުތުރަށް ގޮސް ކަނީރުމަގާއި ހަމައަށް ވަށައިލެވޭސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ގދ. ގައްދޫ-1 |
Q05.05.1 |
317 |
ގދ. ގައްދޫ ގދ. އަތޮޅު މަދަރުސާގެ ބާ ޢިމާރާތް، ކަރނޭޝަން މަގު ދޮރާޝިން ވަދެގެން ދާއިރު، ހޯލުގެ އުތުރުފަރާތް |
މި ފޮށްޓަށް ވޯޓުލާނީ ގައްދޫ ކަނީރުމަގުން ހުޅަނގަށް ގޮސް އަސަރީމަގު ގުޅުނު ހިސާބުން ދެކުނަށް ގޮސް ވައިލެޓްމަގާ ގުޅުނު ކަންމަތިން ހުޅަނގަށް ގޮސް ވަތަބަނޑޭރި މަގާ ގުޅުނު ހިސާބުން އުތުރަށް މެދުރަޓު ގޯޅިއާ ހިސާބުން ވަތަބަނޑޭރިމަގާ ގުޅުނު ހިސާބުން މެދުރަޓު ގޯޅިން އިރަށްގޮސް ކާރުނޭޝަން މަގުން އުތުރަށް ގޮސް އޯކިޑްމަގާ ގުޅުނު ހިސާބުން އިރަށް ގޮސް އަމީރުއަޙްމަދުމަގު ގުޅުނު ކަންމަތިން ދެކުނަށް ގޮސް މަލުތެރޭ ގޯޅިން އިރަށް ގޮސް ވަތަބަނޑޭރި މަގާ ގުޅުނު ހިސާބުން ދެކުނަށް ގޮސް ކަނީރުމަގާ ހަމައަށް ވަށާލެވޭ ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ގދ. ގައްދޫ-2 |
Q05.05.2 |
318 |
ގދ. ގައްދޫ ގދ. އަތޮޅު މަދަރުސާގެ ބާ ޢިމާރާތް، ކަރނޭޝަން މަގު ދޮރާޝިން ވަދެގެންދާއިރު ސުޕަވައިޒރސް ރޫމާއި ޖެހިގެން އިންނަ ކްލާސް ރޫމް |
މި ފޮށްޓަށް ވޯޓުލާނީ ގައްދޫ މަލުތެރޭ ގޯޅިން ހުޅަނގަށް ގޮސް އަމީރުއަޙްމަދުމަގާ ގުޅުނު ހިސާބުން އުތުރަށް ގޮސް އޯކިޑްމަގާ ގުޅުނު ކަންމަތިން ހުޅަނގަށް ގޮސް ކާރުނޭޝަންމަގުން ދެކުނަށް ގޮސް މެދުރަޓުގޯޅިން ހުޅަނގަށް ގޮސް ވަތަބަނޑޭރިމަގާ ގުޅުނު ހިސާބުން އުތުރަށް ގޮސް ހުސައިންމަނިކުމަގާ ވަތަބަނޑޭރިމަގާ ގުޅުނު ހިސާބުން ވަތަބަނޑޭރިމަގުން ދެކުނަށް ގޮސް މަލުތެރޭގޯޅިއާއި ހަމައަށް ވަށާލެވޭ ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ގދ. ގައްދޫ-3 |
Q05.05.3 |
319 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
28 ރަޖަބް 1440