މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                                           ނަންބަރު: IUL)MMPRC/1/2018/14)

                         އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝަންގެ 2018 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި ޓެކުހާއި ގުޅުންހުރި ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު  IUL)MMPRC/1/2018/11) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ،  މި މަސައްކަތްކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2018 އޭޕްރިލް 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00އަށް، ވެލާނާގެ 04 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޭޕްރިލް 17 ވާ އަންގާރަ ދުވަހުގެ 10:00އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                     17 ރަޖަބު 1439 ހ.

                     3 އޭޕްރިލް 2018 މ.

03 އޭޕްރިލް 2018
ހޯދާ