ދިވެހިރާއްޖެ
ނަންބަރު: IUL)MMPRC/1/2018/14)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޯޕަރޭޝަންގެ 2018 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި ޓެކުހާއި ގުޅުންހުރި ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު IUL)MMPRC/1/2018/11) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2018 އޭޕްރިލް 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00އަށް، ވެލާނާގެ 04 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޭޕްރިލް 17 ވާ އަންގާރަ ދުވަހުގެ 10:00އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
17 ރަޖަބު 1439 ހ.
3 އޭޕްރިލް 2018 މ.