މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ގއ. މާމެންދޫ ސްކޫލްގެ 2 ބުރި ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު:  IUL)22-G/22/2017/30)  

 

 

އިޢުލާން

 

 

ގއ. މާމެންދޫ ސްކޫލްގެ 2 ބުރި ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

މިމިނިސްޓްރީގެ ފަރާތުން ގއ. މާމެންދޫ ސްކޫލްގެ 2 ބުރި އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު:  IUL)22-G/22/2017/22) އިޢުލާނާއި ގުޅިގެން ޝައުގުވެރިކަން ފާޅުކޮށް ބިޑްހުށަހަޅާފައިވަނީ 2 ފަރާތުން ކަމަށްވަތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 މިމިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި ގއ. މާމެންދޫ ސްކޫލްގެ 2 ބުރި އިމާރާތުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 9 ވަނަ ފަންގިފިލާ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

04 ޖޫން 2017 ވާ އާދީއްތަ ދުވަހު  13:00އަށް

11 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ 13:00އަށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341136 ނަމްބަރ ފޯނާއެވެ.

 

03  ރަމަޟާން  1438

29     މޭ    2017

29 މޭ 2017
ހޯދާ