ދިވެހިރާއްޖެ
ނަންބަރު: IUL)22-G/22/2017/30)
އިޢުލާން
ގއ. މާމެންދޫ ސްކޫލްގެ 2 ބުރި ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މިމިނިސްޓްރީގެ ފަރާތުން ގއ. މާމެންދޫ ސްކޫލްގެ 2 ބުރި އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު: IUL)22-G/22/2017/22) އިޢުލާނާއި ގުޅިގެން ޝައުގުވެރިކަން ފާޅުކޮށް ބިޑްހުށަހަޅާފައިވަނީ 2 ފަރާތުން ކަމަށްވަތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މިމިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި ގއ. މާމެންދޫ ސްކޫލްގެ 2 ބުރި އިމާރާތުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 9 ވަނަ ފަންގިފިލާ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
04 ޖޫން 2017 ވާ އާދީއްތަ ދުވަހު 13:00އަށް |
11 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ 13:00އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341136 ނަމްބަރ ފޯނާއެވެ.
03 ރަމަޟާން 1438
29 މޭ 2017