ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 34ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު(އިސްލާހު)

އިޢުލާނު

 

2019ވަނަ އަހަރުގެ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 34ވަނަ ޤައުމީ މުބާރާތުގެ އިއުލާނު ނަންބަރު (IUL)430-DBA-B/430/2019/11އަށް ހަވާލާދީ ދަންނަވަމެވެ.  2019 މާރިޗު މަހުގެ 7ގައި އިއުލާނުކުރި ވާހަކަދެއްކުމުގެ ޤަވާއިދަށް އަންނަނިވި ބަދަލުތައް ގެނެވުނު ވާހަކަ ދަންނަވަމެވެ.

 

 

  1. 1.           ފައްސިޔަ ބުރު ކުރިއަށް ދާނެ ގޮތް:

(ކ) މި ބުރުގައި އިބްތިދާއީ ގިންތީގެ ބައިވެރިންނަށް އެންމެ ގިނަވެގެން ލިބޭނީ 4 މިނެޓެވެ. މަދުވެގެން 2 1/2މިނެޓު ވާންދެން ވާހަކަދައްކާންވާނެއެވެ. 2/1 2 މިނެޓު ހަމަވުމުން 1 ފަހަރު ރަނގަބީލު
ޖަހާނެއެވެ. އެއީ ވަގުތު ހަމަވާން ދޮޅު 1/2) 1) މިނެޓަށް ވެއްޖެކަން އެންގުމަށެވެ. 4މިނެޓު
ހަމަވުމުން 3 ފަހަރު ރަނގަބީލުޖަހާނެއެވެ. އެއީ ވަގުތު ހަމަ ވެއްޖެކަން އެންގުމަށެވެ. ވަގުތު ހަމަވުމަށް ފަހު ދައްކާ ވާހަކައަކަށް މާކުހެއް ނުލިބޭނެއެވެ.

 

(އ) މި ބުރުގައި ދަށު ސާނަވީ ގިންތީގެ ދަރިވަރުންނަށް ވާހަކަދައްކާން އެންމެ ގިނަވެގެން ލިބޭނީ 5މިނެޓެވެ. މަދުވެގެން 3 މިނެޓު ވާންދެން ވާހަކަ ދައްކާންވާނެއެވެ. 3 މިނެޓު ހަމަވުމުން 1ފަހަރު ރަނގަބީލު
ޖަހާނެއެވެ. އެއީ ވަގުތު ހަމަވާން 2 މިނެޓަށް ވެއްޖެކަން އެންގުމަށެވެ. 5މިނެޓު
ހަމަވުމުން 3ފަހަރު ރަނގަބީލުޖަހާނެއެވެ. އެއީ ވަގުތު ހަމަ ވެއްޖެކަން އެންގުމަށެވެ. ވަގުތު ހަމަވުމަށް ފަހު ދައްކާ ވާހަކައަކަށް މާކުހެއް ނުލިބޭނެއެވެ.

                              

(ވ) މި ބުރުގައި ސާނަވީ ގިންތީގެ ބައިވެރީންނަށާއި މަތީ ސާނަވީ ގިންތީގެ ބައިވެރީންނަށް ވާހަކަދައްކާން އެންމެ ގިނަވެގެން ލިބޭނީ 7މިނެޓެވެ. މަދުވެގެން 5މިނެޓު ވަންދެން ވާހަކަދައްކަން ވާނެއެވެ. 5މިނެޓު ހަމަވުމުން 1ފަހަރު ރަނގަބީލު ޖަހާނެއެވެ. އެއީ ވަގުތު ހަމަވާން 2މިނެޓަށް ވެއްޖެކަން އެންގުމަށެވެ. 7މިނެޓު ހަމަވުމުން 3ފަހަރު ރަނގަބީލު ޖަހާނެއެވެ. އެއީ ވަގުތު ހަމަވެއްޖެކަން އެންގުމަށެވެ. ވަގުތު ހަމަވުމަށް ފަހު ދައްކާ ވާހަކައަކަށް މާކުހެއް ނުލިބޭނެއެވެ.

 

  1. މި މުބާރާތުގެ ކޮންމެ ބައެއްގެ ކޮންމެ ގިންތިއަކުން ކަޑައަޅައިފައިވާ ދާއިރާތަކަށް މައުޟޫޢުތައް ހުށަހެޅުމުގެ ފުރުސަތު 2019 މާރިޗު މަހުގެ 20ވާ ހޯމަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލަމެވެ. މައުޟޫޢުތައް ފޮނުވާނީ [email protected] އަށެވެ. މުބާރާތުގެ މައުޟޫޢުތައް ކަނޑައަޅާނީ ދިވެހިބަހުގެ އެކެޑަމީންނެވެ. މުބާރާތުގެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 15 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.  
  2. މުބާރާތުގެ އިދާރީ ކަންކަން ރާވާ ހިންގުމަށް ފަސޭހަކުރުމަށް ޓަކައި ވާހަކަދެއްކުމުގެ މުބާރާތަށް ހުށަހަޅާ ފޯމުތައް "ގޫގުލް ފޯމު" މެދުވެރިކޮށް ފުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ވީމާ، މާރިޗު މަހުގެ 17ވާ އާދީއްތަ ދުވަހުން ފެށިގެން އެކެޑަމީގެ ވެބްސައިޓުން ފޯމުތައް ލިބެން ހުންނާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދުމަށް 7772816އަށް ނުވަތަ  302800އަށް ގުޅުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދުމަށް 7772816އަށް ގުޅުން އެދެމެވެ.

11 މާރިޗު 2019
ހޯދާ