ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް)، ސީނިއަރ ސްޕަވައިޒަރ (އިލެކްޓްރިކަލް)، ސްޕަވައިޒަރ (އިލެކްޓްރިކަލް)

                                                  ނަންބަރު:FNK/A/IUL/2019/257     

 ވަޒީފާގެ ފުރުޞަތު

 މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އެސިސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް)

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޓެކްނިކަލް ސަރވިސަސް އެންޑް ގްރީން އެނާރޖީ ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

7500ރ. ( ހަތްހާސް ފަސްސަތޭކަ ރުފިޔާ )

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

 (ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން.

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ޙާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،  ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،  ނުވަތަ

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

1- ޑިޕާޓްމަންޓުން އެކުލަވާލާ ޕަވަރ ސިސްޓަމް އަޕްގްރޭޑް ޕްރޮޖެކްޓްތައް އެކުލަވާ ލުމުގައި ލިބިފައިވާ ތައުލީމާއި ފަންނީ ތަޖުރިބާގެ އަލީގައި ވެރިންނަށް މަޝްވަރާއާއި ލަފާ ދިނުން.

2- މަޝްރޫއުތައް ހިންގުމުގައި ފަންނީ އެހީތެރިކަން ދިނުން. މި ގޮތުން ހިންގޭ ކަރަންޓުގެ އަދި އިއާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ފަރުމާ ކުރުމަށް ބޭނުންވާ އިންޖިނިއަރިންގ ކަލްކިޔުލޭޝަން ތަކާއި ކުރެހުންތައް އަދި ބީ.އޯ.ކިޔު ހެދުމުގައި އެހީތެރިވުން.

3- އަލަށް ހިންގޭނޭ އިއާދަ ކުރަނިވި މަޝްރޫއުތަށް ދެނެގަނެ، އެ ކަމަށް ބޭނުންވާ ޑޭޓާ އާއި ތަފާސް ހިސާބު ހޯދާ އެ ފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފަންނީ ލަފާ އާއި ހިޔާލު ދިނުން.

4- ހިނގަމުންދާ އިޢާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ގަވާޢިދުން މޮނިޓަރކުރުން. މި ގޮތުން ހިންގޭ މަޝްރޫޢު ތަކުގެ އެސެސްމެންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރު ކުރުން.

5- މި ކުންފުނިން ފޯރމިޔުލޭޓް ކުރާ މަޝަރޫޢު ތަކާއި އަދި ބޭރުގެ ފަރާތްތަކުން ހުށަހަޅާ މަޝްރޫޢުތަކަށް ޓެކްނިކަލް ކޮމެންޓާއި ލަފާ އެރުވުން. އަދި އެ ފަދަ މަޝްރޫއު ތަކަކީ ގަބޫލުކުރެވޭ ރަގަޅު ސްޓެންޑަރޑް ތަކަށް ފެތޭ ޓެކްނިކަލީ ރަގަޅު މަޝްރޫޢުތަކެއްތޯ ބަލާ ޗެކުކުރުން.

6- މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކުރާ ބޭރުގެ ފަރާތްތަކާއި އެކު މަޝްވަރާކޮށް، ފަންނީ ދިރާސާތަކުގައި އެހީވެދިނުން.

7- މަޝްރޫޢު ތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކާއި ކޯޑިނޭޓް ކޮށް ތަފްސީލު ގަވާއިދުން ވެރިންނާއި ހިއްސާކުރުން.

8- މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ކަނޑައެޅިފައިވާ ތާވަލްއާއި އެއްގޮތަށް ކުންފުނީގެ ފަރާތުން ރިވިއު ރިޕޯޓުތައް އެކުލަވާލުން.

9- ޕްރޮޖެކްޓްތައް ނިމޭއިރު ސްޓޭކްހޯލްޑަރުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ހަމަކުރުމަށް ކުރަންޖެހޭ އެންމެހާމަސައްކަތްތައް ކުރުން.

10- ޑިޕާޓްމަންޓްގެ އެންމެއިސްފަރާތަށް މަޝްރޫއުތަކުގެ އަޕްޑޭޓް ގަވާޢިދުން ފޯރުކޮށްދިނުން.

11- ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތްކުރަން ދިއުން.

މަސްޢޫލިއްޔަތުތައް:

ސީނިއަރ ސްޕަވައިޒަރ (އިލެކްޓްރިކަލް)

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޓެކްނިކަލް ސަރވިސަސް އެންޑް ގްރީން އެނާރޖީ ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

6500ރ. ( ހަހާސް ފަސްސަތޭކަ ރުފިޔާ )

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 (ހަތަރެއް) ސަނަދެއް ޙާސިލްކޮށްފައިވުމާއި އެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ފަހެއް) ސަނަދެއް ޙާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކި ވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 1 (އެކެއް) ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ،

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، ޖީ.އެސް 4 (ހަތަރެއް) ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއި އެކު، އެމް.އެސް 1 (އެކެއް) ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއްފެންވަރުގެ

ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ރ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އެޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

1- ޕަވަރ ސިސްޓަމް އަޕްގްރޭޑް ޕްރޮޖެކްޓްތައް އަދި އިއާދަ ކުރަނިވި ހަކަތައިގެ ޕްރޮކެޖްޓްތައް ފަރުމާ ކުރުމުގައި ފަންނީ ލަފާ ދީ އެހީތެރިވެދިނުން

2- އިޢާދަ ކުރަނިވި ހަކަތައިގެ އަދި ޕަވަރ ސިސްޓަމް އާއި ގުޅުން ހުރި މަޝްރޫޢުތައް ސުޕަރވައިޒްކުރާ ފަރާތްތަކުގެ މަސައްކަތްތައް ބަލާ ޗެކުކުރުން. މި ގޮތުން ސައިޓްތަކުގައި ކުރެވޭ މަސައްކަތްތައް ރަގަޅަށް ސުޕަރވައިޒް ކުރެވޭތޯ ޔަގީންކުރުން.

3- ސައިޓްތަކުގައި މަސައްކަތް ކުރެވެނީ މަޝްރޫއު ތަކުގެ ޓެކްނިކަލް ރިކުޔަރމަންޓްތަކާއި އިންޖިނިއަރިންގ ކުރެހުންތަކާއި އެއްގޮތަށްކަން ޔަގީންކުރުން.

4- ހިނގަމުންދާ ކަރަންޓު އަޕްގްރޭޑް ޕްރޮޖެކްޓްތަކާއި އިޢާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ގަވާޢިދުން މޮނިޓަރކުރުން. މި ގޮތުން ހިންގޭ މަޝްރޫޢުތަކުގެ އެސެސްމެންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރު ކުރުން.

5- ޕަވަރ ސިސްޓަމް އަޕްގަރޭޑް މަސައްކަތާއި އިޢާދަކުރަނިވި ހަކަތައިގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. އަދި މި ފަދަ މަސައްކަތްތައް ކުރުމުގައި އިސް ދައުރެއް އަދާކުރުން.

6- މަޝްރޫއުތައް ހިނގާ ގޮތުގެ ރިޕޯޓް ތައްޔާރުކޮށް ގަވާޢިދުން ވެރިންނާއި ހިއްސާކުރުން. އަދި ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި އެފަދަ ދަތިތައް ހައްލުކުރާނޭ ގޮތުގެ ފަންނީ ލަފާ ވެރިންނަށް ދިނުން.

7- މަޝްރޫޢު ތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކާއި ކޯޑިނޭޓް ކޮށް ތަފްސީލު ގަވާއިދުން ވެރިންނާއި ހިއްސާކުރުން.

8- ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތްކުރަން ދިއުން.

މަސްޢޫލިއްޔަތުތައް:

ސްޕަވައިޒަރ (އިލެކްޓްރިކަލް)

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޓެކްނިކަލް ސަރވިސަސް އެންޑް ގްރީން އެނާރޖީ ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

5650ރ. ( ފަސްހާސް ހަސަތޭކަ ފަންސާސް ރުފިޔާ )

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 (ހަތަރެއް) ސަނަދެއް ޙާސިލްކޮށްފައިވުމާއި އެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ފަހެއް) ސަނަދެއް ޙާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކި ވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 1 (އެކެއް) ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ،

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، ޖީ.އެސް 4 (ހަތަރެއް) ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއި އެކު، އެމް.އެސް 1 (އެކެއް) ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ރ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އެޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

1- އިޢާދަ ކުރަނިވި ހަކަތައިގެ އަދި ޕަވަރ ސިސްޓަމް އާއި ގުޅުން ހުރި މަޝްރޫޢުތައް ސުޕަރވައިޒްކުރުން. މި ގޮތުން ސައިޓްތަކުގައި މަސައްކަތް ކުރެވެމުން ދަނީ ކަނޑައެޅިފައިވާ ސްޓެންޑަރޑްތަކަށްތޯ ބަލާ ޗެކު ކުރުން.

2- ސައިޓްތަކުގައި މަސައްކަތް ކުރެވެނީ މަޝްރޫއު ތަކުގެ ޓެކްނިކަލް ރިކުޔަރމަންޓްތަކާއި އިންޖިނިއަރިނގ ކުރެހުންތަކާއި އެއްގޮތަށްކަން ޔަގީންކުރުން.

3- ހިނގަމުންދާ އިޢާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ގަވާޢިދުން މޮނިޓަރކުރުން. މި ގޮތުން ހިންގޭ މަޝްރޫޢު ތަކުގެ އެސެސްމެންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރު ކުރުން.

4- ޕަވަރ ސިސްޓަމް އަޕްގަރޭޑް މަސައްކަތާއި އިޢާދަކުރަނިވި ހަކަތައިގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. އަދި މި ފަދަ މަސައްކަތްތައް ކުރުމުގައި އިސް ދައުރެއް އަދާކުރުން.

5- ކަރަންޓު މަސައްކަތްތަށް ކުރުމުގައި ސައިޓް ގައި ދިމާވާ މައްސަލަތަށް ހައްލު ކުރުމުގައި ލަފާދީ އެހީތެރިވެ ދިނުން.

6- މަޝްރޫއުތައް ހިނގާ ގޮތުގެ ރިޕޯޓް ތައްޔާރުކޮށް ގަވާޢިދުން ވެރިންނާއި ހިއްސާކުރުން.

މަސްޢޫލިއްޔަތުތައް:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  09:00 – 13:30އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ      

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

އީމެއިލް: [email protected]

03 ރަޖަބު 1440

10 މާރޗް 2019

10 މާރިޗު 2019
ހޯދާ