މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިދޭސީ މަސައްކަތްތެރީން ދިވެހިރާއްޖެއަށް އެތެރެވުމަށް ހުއްދަ ދޫކުރުމުގެ މަސައްކަތްތައް މި މިނިސްޓްރީއަށް ބަދަލުކުރުމާ ބެހޭ

އިޢުލާން

ބިދޭސީ މަސައްކަތްތެރީން ދިވެހިރާއްޖެއަށް އެތެރެވުމަށް ހުއްދަ ދޫކުރުމުގެ މަސައްކަތްތައް މި މިނިސްޓްރީއަށް ބަދަލުކުރުމާ ބެހޭ

ބިދޭސީ މަސައްކަތްތެރީން ދިވެހިރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާއި ބެހޭ ބައެއް މަސައްކަތްތައް މި މިނިސްޓްރީއަށް ބަދަލުކުރުމާއި ގުޅޭގޮތުން މި މިނިސްޓްރީއިން ކޮށްފައިވާ ނަންބަރު (IUL)101-AF/101/2019/71 (11 ފެބްރުއަރީ 2019) އިޢުލާނުގައި،  "ވިސާ ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްކުރުން" ބަޔާންކުރެވިފައިވަނީ ލިޔުމުގައިވާ ކުށަކުން ކަމުގައި ދަންނަވަމެވެ. ރަގަޅުގޮތަކީ "ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްކުރުން" މިފަދައިންނެވެ.

ވީމާ، އަންނަ މާރިޗް މަހު މި މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރެވޭނެ މަސައްކަތްތަކަކީ:

  • ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރީވުމުގެ މަސައްކަތްތައް
  • ކޯޓާ ހަމަޖައްސައިދުން
  • އެންޕްލޯއިމެންޓް އެޕްރޫވަލް ދިނުން
  • ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްކުރުން
12 ފެބުރުވަރީ 2019
ހޯދާ