މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Environment Specialist Consultant

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ އެންހާންސިންގ އެމްޕްލޯއިބިލިޓީ ތްރޫ ހިއުމަން ކެޕިޓަލް އެންޑް އޮންޓޮޕްރިނާރޝިޕް ޑިވަލަޕްމަންޓް ޕްރޮޖެކްޓަށް އެންވަރަމަންޓް އެންޑް ސޯޝިއަލް ސޭފްގާރޑް ސްޕެޝަލިސްޓް ކޮންސަލްޓަންޓްއެއް ބޭނުންވެއްޖެއެވެ.

މަޤާމް:        އެންވަރަމަންޓް ސްޕެޝަލިސްޓް ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:    1 (އެކެއް)

މުސާރަ: ދެފަރާތް އެއްބަސްވާ މިންވަރަކަށް.

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

 

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17  ފެބްރުއަރީ 2019 ގެ 13:00 ގެ ކުރިން ގާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރގައި ހުންނަ ކޯޑިނޭޝަން ސަޕޯޓް ޔުނިޓްއަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3341318 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.            

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ކޮންސަލްޓަންސީ ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ

 

  ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

 ކޯޑިނޭޝަން ސަޕޯޓް ޔުނިޓް ( ސީ.އެސް.ޔޫ )،

ގާޒީ ބިލްޑިންގް، ގްރައުންޑް ފްލޯރ.

އީމެއިލް : [email protected]    ފޯން: 3341318 ، 3341319

 

މަޤާމަށް ހޮވުން: - މި މަޤާމަށް ހޮވޭނީ ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.

12 ފެބްރުއަރީ 2019

12 ފެބުރުވަރީ 2019
ހޯދާ