ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެފް.އޭ.އެމް ސީ ސެޓްފިކެޓް ކޯޗިންގ ކޯސް (އައްޑޫ)

އެފް.އޭ.އެމް ސީ ސެޓްފިކެޓް ކޯޗިންގ ކޯސް (އައްޑޫ)

 

10 މާރިޗު 2019 އިން 22 މާރިޗު 2019 ގެ ނިޔަލަށް ސ. ހިތަދޫ  ގައި ބޭއްވުމަށް ހަމަޖެހިފައިވާ، އެފް.އޭ.އެމް ސީ ސެޓްފިކެޓް ކޯޗިންގ ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު 17 ފެބްރުވަރީ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އައްޑޫ އޮފީހަށް ފޯރމް ހުށަހެޅުން އެދެމެވެ. ފޯރމާއި އެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑް ގެ ކޮޕީ، ވަނަވަރު، އަދި ޕާސްޕޯޓް ސައިޒް 2 ފޮޓޯ ހުށަހަޅަންވާނެއެވެ.

 

މި  ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް ލިބެން ހުންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ 09:00 އިން 15:00 އަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އައްޑޫ އޮފީހުންނެވެ.

 

  • މި ކޯހުގެ ފީ އެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ 1000 (އެއް ހާސް) ރުފިޔާއެވެ.

 

30 ޖުމާދަލްއައްވަލް 1440

05 ފެބުރުވަރީ 2019
ހޯދާ