ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ފުޓްބޯޅަ ބޭސިކް ރެފްރީ ކޯސް (އައްޑޫ)

01 މާރިޗު 2019 އިން 07 މާރިޗު 2019 ގެ ނިޔަލަށް ސ. ހިތަދޫ  ގައި ބޭއްވުމަށް ހަމަޖެހިފައިވާ، ފުޓްބޯޅަ ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު 19 ފެބްރުވަރީ 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އައްޑޫ އޮފީހަށް ފޯރމް ހުށަހެޅުން އެދެމެވެ. ފޯރމާއި އެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

މި  ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް ލިބެން ހުންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ 09:00 އިން 15:00 އަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އައްޑޫ އޮފީހުންނެވެ.

 

  • މި ކޯހުގައި ބައިވެރިވާ ބައިވެރިންގެ ތެރެއިން  އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ބައިވެރިންގެ އަތުން ފީ އެއް ނުނަގާނެއެވެ. ނަމަވެސް އުމުރުން 25 އަހަރަށް ވުރެ މަތީ އުމުރުފުރާގެ ބައިވެރިންގެ އަތުން ފީ އެއްގެ ގޮތުގައި 1500 (ފަނަރަ ސަތޭކަ) ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

29 ޖުމާދަލްއައްވަލް 1440

04 ފެބްރުއަރީ 2019

04 ފެބުރުވަރީ 2019
ހޯދާ