ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރެފްރީން ރަޖިސްޓްރީ ކުރުމާއި ބެހޭ

ރެފްރީން ރަޖިސްޓްރީ ކުރުމާއި ބެހޭ

 

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބެލުމުގެ ދަށުން މަސައްކަތްކުރަމުންގެންދާ ރެފްރީންގެ ކަންތައްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުޞަދުގައި ކޮންމެ އަހަރަކުވެސް ރެފްރީން ރަޖިސްޓްރީ ކުރުމަށް މި އެސޯސިއޭޝަނުންވަނީ ނިންމާފައެވެ.

ވީމާ، މި އެސޯސިއޭޝަންގެ މުބާރާތްތަކުގައި ހަރަކާތްތެރިވާން ބޭނުންވާ، ރެފްރީކޯސް ފުރިހަމަ ކޮށްފައިވާ ރެފްރީން 17 ފެބްރުވަރީ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަނުގައި ރަޖިސްޓްރީ ވުމަށް އެދި ދަންނަވަމެވެ. އަދި މި މުއްދަތު ތެރޭގައި ރަޖިސްޓްރީ ނުވާ ރެފްރީން މި އެސޯސިއޭޝަނުން ރާވާ ހިންގާ މުބާރާތްތަކުގައި ރެފްރީކަން ނުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯރމް މި އެސޯސިއޭޝަނުގެ ކައުންޓަރުން ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ހެނދުނު 10:00 އިން ހަވީރު 15:00 އަށް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯރމާއި އެކު  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ އަދި ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

16 ޖުމާދަލްއައްވަލް 1440

22 ޖަނަވަރީ 2019

22 ޖަނަވަރީ 2019
ހޯދާ