މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

 

އިޢުލާން

މަޤާމު

 ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު


J-303318

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ހިއުމަން ރިސޯސް ޑިވިޝަން / ހެލްތް ޕްރޮފެޝަނަލް ރެކްރޫޓްމަންޓް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
 3. ސަޕޯޓިން ކޯ އެލަވެންސް :2  -/700

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 1. މިނިސްޓްރީގެ ރެކްރޫޓްމަންޓް މެއިލްތައް ކޮންމެ ދުވަހަކު ޗެކްކޮށް މެއިލްތަކަށް ދުވަހުން ދުވަހަށް ޖަވާބުދީ، އެފަރާތްތަކުން ބޭނުންވާ މަޢުލޫމާތުތަށް ދުވަހަން ދުވަހަށް އޮޅުން ފިލުވައިދީ، ވާޒީފާ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ދަފްތަރު ދުވަހުން ދުވަހަށް އަޕްޓޭޓްކޮށް ބެލެހެއްޓުން.
 2. މިނިސްޓްރީގެ ރެކްރޫޓްމަންޓަށް ހުށަހަޅާ ސީވީތަށް ޗެކްކޮށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ކައުންސިލްތަކަށް ހުށަހަޅަންޖެހޭ ސެޓްފިކެޓްތަކުގެ ކޮޕީ ތަށް ހަމަކޮށް ކައުންސިލްތަކަށް ހުށްހަޅަންޖެހޭ ލިޔެކިއުންތަށް ހުށަހެޅުމަށް ކުރަންޖެހޭ އިދާރީ މަސައްކަތަށް ކުރުމަށްފަހު ގުޅުންހުރި ކައުންސިލް ތަކަށް ހުށަހެޅުން.
 3. މިނިސްޓްރީއަށް ވަޒީފައަށް އެދޭފަރާތްތަކަށް ދުވަހުން ދުވަހަށް ސްޓޭޓަސް އަޕްޑޭޓްކޮށް އެޕްލިކަންޓުންނަށް ދުވަހުން ދުވަހަށް ފޮނުވާ ދަފްތަރު އަޕްޑޭކޮށް ބެލެހެއްޓުން.
 4. މިނިސްޓްރީއަށް ޑައިރެކްޓްކޮށް ހުށަހަޅާ އެޕްލިކެޓުންގެ ޑޮކިއުމަންޓް ރިފަރެންސް ހަދަންބޭނުންވާ ހާލަތްތަކުގައި ފަސޭހައިން ފެންނާނެހެން ސާވާގައި ރައްކާތެރިކަންމަތީ ބެލެހެއްޓުން. އަދި ހާޑްކޮޕީ ހުށަހަޅަ ފަރާތްތަކުގެ ހާޑްކޮޕީ ފަސޭހައިން ފެންނާނެހެން ބެލެހެއްޓުން
 5. ކޮންމެ ދުވަހަކު އެއްފަހަރު ގުޅުންހުރި ކައުންސިލްތަކުން އެޕްލައި ކޮށްފައިވާ ޑޮކްއުމަންޓްތަކުގެ މަޢުލޫމާތު ބަލާ އެޕްރުވަލް އަވަސް ކުރުމަށް ކައުންސިލްތަކަށް ބާރު އެޅުން.
 6. އަލަށް ރެކްރޫޓް ކުރެވޭ ފަރާތްތަކުގެ ވޯކްޕަމިޓް އެމިގްރޭޝަނަށް ހުށަހެޅުމަށް ތައްޔާރުކުރަންޖެހޭ ޑޮކިއުމަންޓްތަށް ތައްޔަރުކޮށް ، އޮފަރލެޓަރ ސޮއިކޮށް ފޮނުވުމުން އަދި ޑައިރެކްޓްކޮށް ނޫންގޮތުގައި އޮފަރ ދޫކޮށްފައިވާ ފަރާތްތަކުން ޑޮކިއުމަޓް ހަމަކޮށް ވޮކްޕަމިޓަށް ހުށަހަޅާތާ ލަސްވެގެން ދެދުވަސްތެރޭ އިމިގުރޭޝަނަށް ހުށަހެޅުން.
 7. ވޯކްޕާމިޓަށް އެޕްލައިކުރާ އެޕްލިކޭޝަންތަށް ވޯކްޕާމިޓް ދޫކުރާތާ ތިންމަސްތެރޭ އެރައިވް ނުވާ ފަރާތްކުގެ ވޯކްޕާމިޓް ކެންސަލް ކުރުމަށް އެޕްލައި ކުރުން 
 8. ކައުންސިލްތަކުން ރިޖެކްޓްވާ އެޕްލިކޭޝަންސް ސަބަބުދެނެގަނެ ރީއެޕްލައި ކުރަންޖެހޭ އެޕްލިކޭޝަންތަށް ރީއެޕްލައިކޮށް ރިޖެކްޓްވާފާރާތްތަކުގެ މައުލޫމާތު ރިފަރެންސް ހެދޭނެ އިންތިޒާމެއްގެ މަތިން ބަލަހައްޓާ އެފަރާތްތަކަށް އެކަން ލަސްވެގެން ދެދުވަސްތެރޭގައި އެންގުން.
 9. ގުޅުންހުރި މަސަކަތްތަކާ ގުޅޭގޮތުން އިދާރީ އެންމެހާ މަސައްކަތްތަށް ދުވަހުން ދުވަހަށް ކުރަމުން ގެންދިއުން.

މަޤާމުގެ ޝަރުތުތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް އާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖަނަވަރީ 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ވަނަ އަހަރުގެ ޖަނަވަރީ އަދި ފެބްރުއަރީ މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014344 ނަންބަރު ފޯނަށެވެ.

 

 

 

 

 

 

 

 

15 ޖަނަވަރީ 2019
ހޯދާ