މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ މަސްޖިދުލް އައްވާބީގައި ވޭޖް އެންޕްލޯއިމަންޓް ގެ ދަށުން މަސައްކަތްކުރާނެ މަސައްކަތު މުވައްޒަފުން ހޯދުމާއިބެހޭ

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

                                     ނަންބަރ: IUL)285-A/285/2019/4)

 

ތިރީގައި މިދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު (ވޭޖް އެންޕްލޯއިމަންޓް )

އަދަދު

2

ކްލެސިފިކޭޝަން

ސަޕޯރޓް ސަރވިސް ސްޓާރފް  1

މަޤާމްގެ ގިންތި:

1 އަހަރު ދުވަހަށް  (ވަގުތީ)

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުން މަޑުލުދެކުނުބުރީ ހެނބަދޫ މަސްޖިދުލް އައްވާބީ

މުސާރަ:

ހާޒިރުވާ ކޮންމެ ވަގުތަކަށް 45 ރުފިޔާ،

ސަރވިސް އެލަވަންސް

-           

އިތުރު އިނާޔަތްތައް:

-          އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ވޭޖް އެމްޕްލޯއިމަންޓްގެ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. މިސްކިތް ކުނިކަހާ ފޮޅާ ސާފްކުރުން. އަދި ރަށުކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެ މަތިން، އަދި މިސްކިތު މުދިމް އަންގާގޮތެއްގެ މަތިން މިސްކިތާއި އިސްކުރުބަރިއާއި، ހޯލުތެރެއާއި ވަށައިގެންވާ މަގު ސާފްކޮށް ބެލެހެއްޓުން
  2. މިސްކިތުވަޅާއި އަދި މިސްކިތު ގޯތިތެރޭ ހެދިފަ ހުރި ގަސްތަށް ކޮށާ ބެލެހެއްޓުން.
  3. މިސްކިތު ފަންކާތައް ބެލެހެއްޓުމާއި ހޮޅިބުރި، ފަންކާ، ކަބަޑު ފަދަތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން
  4. މިސްކިތައް ލިބެމުންދާ ގެއްލުންތަށް މުދިމަށާއި ކައުންސިލް އިދާރާއަށް އެންގުން.
  5. ރަށުކައުންސިލުން އަންގާގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދާ، ގަސްތައްކޮށައި ފެންދީ ބެލެހެއްޓުން.
  6. ކޮންމެ ނަމާގުވަގުތެއް ފެށުމުގެ ކުރިން މިސްކިތް ސާފްކޮށް އަދި ނަމާދުވަޤުތު ނިމުމުން މިސްކިތުގެ ފަންކާ، ބޮކި ނިއްވުން.

                                                                                                              

 

ޝަރުތު:

1-      ލިޔަންކިޔަން ދަތުމާއެކު މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން

ވަޒީފާގެ އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލެވޭނެކަންތައްތައް

(%) އިންސައްތަ

ދެވޭނެ އެންމެމަތީ މާކްސް

ބެލޭނެ ބައިތައް

ދާއިރާ

25.5

60

ލިބިފައިވާ އިތުރު ތަޢުލީމް

 

ތަޢުލީމާއި ތަމްރީނު

12.5

30

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

15

35

ވަޒީފާއާގުޅޭ ތަޖުރިބާ

 

މަސައްކަތުގެ ތަޖުރިބާ

4

10

އެހެނިހެން ތަޖުރިބާ

43

100

އިންޓަވިއު

ލިބިފައިވާ ހުނަރު

100

235

ޖުމްލަ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން23 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާއަށް ވަޒީފާއަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ލިބިފައިވާ ތަޢުލީމާއި ތަމްރީންތަކުގެ ލިޔުންތަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހެނބަދޫ ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް  މިއިދާރާގެ ނަންބަރ 6560018 ފޯނާ ގުޅުއްވުން އެދެމެވެ. 

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 27 ޖަނަވަރީ 2019 އާއި 31 ޖަނަވަރީ 2019 އާއި ދެމެދު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމާއި އާއި ލިބިފައިވާ ތަޢުލީމް އަދި ތަމްރީނުތަކުގެ ސިޓީ.
  2. ވަޒީފާގެ ތަޖުރިބާއާއި ގުޅޭކަން އަންގައިދޭ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ.

 

 

                                    ހުސައިން އަބޫބަކުރު

                                                             ހެނބަދޫ ކައުންސިލްގެ ނައިބް ރައީސް

 

 

 

 

 

 

 

 

 

 

 

 

 

 

 

14 ޖަނަވަރީ 2019
ހޯދާ