މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުމާއި ގުޅޭ

ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުން 

ދަނޑުވެރިކަމުގެ ދާއިރާގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ " ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުން" ގެ ދަށުން ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) އަށް ގެނުވުނު 15 ވަނަ އިސްލާހާއި ގުޅިގެން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް ތިރީގައި މިވަނީއެވެ. 

މިފަދަ ލިސްޓެއް ޤާއިމް ކުރުމުގެ މަޤްޞަދަކީ ސީދާ ދަނޑުވެރިކަމަށް ގެންނަ ތަކެތި ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދެވި މިކަމުން މިޞިނާޢަތުން ކުރިއެރުން ހޯދުމަށްޓަކައެވެ. އަދި ދަނޑުވެރިކަމަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި، ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭ ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމެވެ.

 

10 ޖަނަވަރީ 2019
ހޯދާ