ހިތާދޫ ސްކޫލް، ބ. ހިތާދޫ
ދިވެހިރާއްޖެ
ކުލަޔާއި ދަވާދުލުން

  • މިސްކޫލްގެ 2 ޢިމާރާތެއްގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ކުރެވުނު މިސްކޫލްގެ ނަންބަރ: (IUL)GS-130/22/2019/1 އިޢުލާނާއި ގުޅިގެން ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަށް މަދުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ  2019 ޖެނުއަރީ 08 އިން 2019 ޖެނުއަރީ 10 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 10:30 އަށެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

  • މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖެނުއަރީ 10 ވާ ބުރާސްފަތި ދުވަހުގެ 12:45 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.  

 

  • މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޖެނުއަރީ 13 ވާއާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައި އޮންނާނެއެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މިބައްދަލުވުމަށް ގަޑިޔަށް ހާޟިރުވާ ފަރާތްތަކަށެވެ.

 

  • ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 16 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. ގަޑިޖެހުމަށް ފަހު ހުށެހަޅުއްވާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހިތާދޫ ސްކޫލް
  • ބ. ހިތާދޫ، ދިވެހިރާއްޖެ.
  • ފޯން: 6600314
  • އީ-މެއިލް: [email protected]
07 ޖަނަވަރީ 2019
ހޯދާ