ހިތާދޫ ސްކޫލް، ބ. ހިތާދޫ
ދިވެހިރާއްޖެ
ކުލަޔާއި ދަވާދުލުން

މިސްކޫލްގެ 2 ޢިމާރާތެއްގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ  2019 ޖެނުއަރީ 02 އިން 2019 ޖެނުއަރީ 07 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 10:30 އަށެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖެނުއަރީ 07 ވާ ހޯމަ ދުވަހުގެ 10:45 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.  

 

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޖެނުއަރީ 07 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައި އޮންނާނެއެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މިބައްދަލުވުމަށް ގަޑިޔަށް ހާޟިރުވާ ފަރާތްތަކަށެވެ.

 

ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. ގަޑިޖެހުމަށް ފަހު ހުށެހަޅުއްވާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހިތާދޫ ސްކޫލް

ބ. ހިތާދޫ، ދިވެހިރާއްޖެ.

ފޯން: 6600314

އީ-މެއިލް: [email protected]

02 ޖަނަވަރީ 2019
ހޯދާ