ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް އިމާމުން/މުދިމުން މަސައްކަތު މީހުން ހޯދުން

މަޤާމް :އިމާމުން/މުދިމުން/މަސައްކަތު މީހުން
ބޭނުންވާ އަދަދު :1

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ހިންނަވަރު، ދިވެހިރާއްޖެ

 

ނަންބަރު: Number: (IUL)326-HR/326/2018/47                

      އިޢުލާން

 ވަޒީފާގެ ފުރުޞަތު

           ވޭޖް އެމްޕްލޯއިމަންޓްގެދަށުން މަސައްކަތްކުރުމަށް މިސްކިތްތަކަށް އިމާމުން/މުދިމުން/މަސައްކަތު މީހުން ހޯދުން:

           ފާދިއްޕޮޅު ހިންނަވަރު މިސްކިތްތަކުގެ ދާއިމީ މުވައްޒަފުން ޗުއްޓީނެގުމުން އަދި ސަލާމް ބުނުމުން ނުވަތަ ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން ނުވަތަ ވަޒީފާއިން ވަކިވުމުން އެ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމާދެމެދު ނަގާ މުއްދަތުގައި ވަގުތީގޮތުން މަސައްކަތްކުރާނެ މުވައްޒަފުން ވޭޖް އެމްޕްލޯއިމަންޓްގެ އުޞޫލުން 01 އަހަރު ދުވަހަށް (2019 ވަނަ އަހަރަށް) ނެގުމަށް ބޭނުންވެއެވެ.

އުޖޫރަ ދެވޭނެ ގޮތާއި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަނާއި މަސައްކަތްކުރަންޖެހޭ ވަގުތު/ގަޑި

#

މަޤާމް

ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު

ކޮންމެ ނަމާދު ވަގުތަކަށް

މަސައްކަތްކުރަންޖެހޭ ތަން

1

އިމާމް (ސަނަދުއޮންނަމީހަކަށް)

 ކޮންމެ ނަމާދުވަގުތަކަށް 1 ގަޑިއިރު (ދުވާލަކަށް ޖުމްލަ 5 ގަޑިއިރު)

-/61

 

ހިންނަވަރު މިސްކިތްތައް

2

މުދިމު (ސަނަދުނެތް މީހަކަށް)

-/53

 

3

 

މަސައްކަތު

މިސްކިތް ފޮޅާ ސާފުކުރުމަށް ކޮންމެ ނަމާދަކަށް 30 މިނިޓް، މަސައްކަތަށް 02 ގަޑި 30 މިނިޓް ހިމެނޭގޮތަށް ދުވާލަކު 5 ގަޑިއިރު

-/45

(ނަމާދު ވަގުތުތަކަށާ މަސައްކަތު ގަޑިއާއިއެކު)

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއެކު މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަޖުރިބާ އަދި ވަނަވަރު ހުށަހަޅަންވާނެއެވެ.

           މި މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި މިސްކިތް ޙަވާލުކުރުމުގައި މަސައްކަތާގުޅޭގޮތުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް އިސްކަންދެވޭނެއެވެ. އަދި މަސައްކަތް ޙަވާލުކުރެވޭނީ ކައުންސިލް އިދާރާއާއި އެފަރާތްތަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

           އިތުރު މަޢުލޫމާތު ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން ނުވަތަ މިއިދާރާގެ ނަންބަރު 6620301 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ރަބީޢުލްއާޚިރް 1440

20  ޑިސެމްބަރ  2018

20 ޑިސެންބަރު 2018
ހޯދާ