ހިތާދޫ ސްކޫލް، ބ. ހިތާދޫ
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުން

  • 2019 ވަނަ އަހަރަށް މިސްކޫލްގެ ޕްރިންސިޕަލް ހުންނަވަނެ ގެއެއް ނުވަތަ އެޕާރޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލްގެ ނަންބަރ: (IUL)GS-130/PRIV/2018/9 އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތު ފުރިހަމަ ނުވާތީވެ، އެއިޢުލާނު ބާޠިލްކޮށް މިކަމަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ  2018 ޑިސެމްބަރ 27 އިން 2018 ޑިސެމްބަރ 31 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

  • މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެމްބަރ 31 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.  

 

  • މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޖެނުއަރީ 02 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައި އޮންނާނެއެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މިބައްދަލުވުމަށް ގަޑިޔަށް ހާޟިރުވާ ފަރާތްތަކަށެވެ.

 

  • ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 06 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. ގަޑިޖެހުމަށް ފަހު ހުށެހަޅުއްވާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހިތާދޫ ސްކޫލް
  • ބ. ހިތާދޫ، ދިވެހިރާއްޖެ.
  • ފޯން: 6600314
  • އީ-މެއިލް: [email protected]
26 ޑިސެންބަރު 2018
ހޯދާ