އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓް ބީޗުން ބިމެއް ކުއްޔަށްދޫކުރުމާު ގުޅޭ:

ގެސްޓް ބީޗުން 35 ފޫޓް 50 ފޫޓް ގެ ބިމެއް ( ޑައިވިން ސްކޫލެއް ހެދުމަށާއި، ވޯޓަރ ސްޕޯޓްސް ސެންޓަރެއް ގާއިމުކުރުމަށާއި، ބީޗް ކެފޭއެއް ހެދުންފަދަކަންކަމަށް ކުއްޔަށް ދިނުމަށް މިކައުންސިލުގެ 22 ވަނަ ޢާންމު ބައްދަލުވުމުން ނިންމާފައިވާތީ ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން މި ހިނގާ ޑިސެމްބަރު މަހުގެ 12 ވާ ބުދަ ދުވަހުގެ 1:15 ގައި މި ޢިދާރާއަށްރުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 19 ޑިސެމްބަރު ވާ ބުދަ ދުވަހު މިކަމަށް އެދި މަޢުލޫމާތު ސާފުކުރި ފަރާތްތަކުން ހުށައަޅާ ޕްރަޕޯސަލްތައް އެދުވަހު 1:15 ށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

                  ހުށާއެޅު ޕްރަޕޯސަލްތައް ކަނޑައި ، އެންމެރަނގަޅު ހުށައެޅުމެއް ހުށައަޅާފައިވާ ފަރާތެއް ބަލައި އެކަން ، މަސައްކަތު 5 ދުވަހުގެ ތެރޭގައި ޕްރަޕޯސަލް ހުށައަޅާފައިވާ ފަރާތްތަކަށް އެންގޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން ޕްރަޕޯސަލް ހުށައަޅުންވަން ބޭނުންފުޅުވާ އެއްވެސް ފަރާތަކަށް ، ނާދެޥޭނެ ފަދަ އުޒުރެއް ދިމާވެއްޖެނަމަ ، އެފަރާތުގެ ސިޓީއަކާއެކު އެފަރާތުން ކަނޑައަޅާ ފަރާތަކަށް ޕްރަޕޯސަލް ހުށައެޅި ދާނެއެވެ. އަދި މައުލޫމާތު ސާފް ނުކުރާ ފަރާތްތަކުގެ ޕްރަޕޯސަލް ބަލައިނުގަނޭވެ ވާހަކަ މައުލޫމާތައްޓކައި ދެންނެވީމެވެ.

                  ވީމާ،މިކަން އެންގުމަށްޓަކައި އާންމުކޮށް އިޢުލާންކުރަމެވެ.

                  26 ރަބީއުލްއައްވަލް  1440

                  04 ޑިސެމްބަރު   2018

04 ޑިސެންބަރު 2018
ހޯދާ