ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމް އިތުރުކުރުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ހުޅަނގު ފަރާތުގައި ހުރި އައު ކްލާސްރޫމް ޢިމާރާތުގެ ތިރީގައި އޮތް ހުސްތަނުގައި ކްލާސްރޫމެއް އިތުރުކުރުމަށް ކުރެވުނު ނަންބަރު: JS-B/2018/47 އިޢުލާނާއި ގުޅިގެން ހުށަހެޅުނު އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެހުށަހެޅުންތައް ބާޠިލްކޮށް އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ޑިސެމްބަރު 2018 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޑިސެމްބަރު 2018 ވާ އަންގާރަ ދުވަހު 11:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ  ވާހަކަ ދެންނެވީމެވެ.

03 ޑިސެމްބަރު 2018

03 ޑިސެންބަރު 2018
ހޯދާ