ހިރިމަރަދޫ ސުކޫލް، ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
2019ވަނަ އަހަރު ހިރިމަރަދޫ ސުކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް 1 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއްޖެ

މިސުކޫލްގެ (ހިރިމަރަދޫ ސުކޫލް) އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށްކުރި އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރަން ދުރުވެފައިވަނީ އެއްފަރާތުންކަމަށްވާތީވެ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

                    ވީމާ، ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު ރަނގަޅު ފެންވަރުގެ ގެއެއް (މަދުވެގެން 2 ކޮޓަރީގެ) ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސުކޫލަށް ހާޟިރުވެ މައުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށައެޅުންއެދެމެވެ.

 

ތަން

ގަޑި

ތާރީހް

ތަފްސީލް

ހިރިމަރަދޫ ސުކޫލް

10:00 ހެނދުނު

10 ޑިސެމްބަރ  2018 (ހޯމަ)

މައުލޫމާތު ދިނުމުގެ ބައްދަލުވުން

10:00 ހެނދުނު

13 ޑިސެމްބަރ 2018 (ބުރާސްފަތި)

އަންދާސީ ހިސާބު ހުށައެޅުން

 

މައުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ހާޟިރުނުވާފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު އައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ މިސުކޫލްގެ ފޯން ނަންބަރ 6520536 ކަށެވެ.

               ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

20 ރަބީޢުލްއައްވަލް 1440

 

28 ނޮވެންބަރު 2018
ހޯދާ